logo
ޚަބަރު

ދޮޅު އަހަރަށްވުރެ މުއްދަތު ކުރުނަމަ ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭގޮތަށް ކޮމެޓީން ފާސްކޮށްފި

ހުސައިން ވަސީމް
15 މޭ 2025 - 05:21
ދޮޅު އަހަރަށްވުރެ މުއްދަތު ކުރުނަމަ ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭގޮތަށް ކޮމެޓީން ފާސްކޮށްފި

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކުގެ ބައި އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓިން ފާސްކޮށްފި އެވެ.

ކޮމިޓީން އެ ބިލް ފާސްކުރީ ރޭ ބޭއްވި ކޮމެޓިބައްދަލުވުމުގަ އެވެ. ލާމަރުކަޒީ ކޮމެޓީން އެ ބިލު ފާސްކުރީ އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް މިދިޔަ އަހަރު ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވު އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލްގައި ބާކީ އޮންނަ މުއްދަތު 548 އަށް ދުވަހަށް ވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީވެސް އެ މުއްދަތު އޮތް ނަމަ ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ.

މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް މިދިޔަ އަހަރު ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އޭގެކުރިން ގާނޫނު އޮތް ގޮތުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުން ލާޒިމް ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | 20 ގަޑިއިރު ކުރިންކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންމީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާންޚަބަރު | 21 ގަޑިއިރު ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | ދުވަހެއް ކުރިން