logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް ގޮނޑިތަކުގެ 40 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރަނީ

އަޙްމަދު ޒަލީފް
15 މޭ 2025 - 14:15
ކައުންސިލް ގޮނޑިތަކުގެ 40 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރަނީ

ކައުންސިލް ގޮނޑިތަކުން އަންހެނުންނަށް މިހާރު ޚާއްޞަކޮށްފައި އޮންނަ 33 އިންސައްތަ 40 އިންސައްތައަށް ބަދަލު ކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

"33 އިންސައްތަ، ކައުންސިލް މެމްބަރުން އަންހެނުންނަށް ވާން ޖެހޭ ގޮތަށް. އަޅުގަނޑު މި އަދަދު 40 އިންސައްތައަށް އިތުރުކުރަން ނިންމާފައި މި އޮތީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ،  އާ ގާނޫނު އަސާސީގެ ދަށުން އާބާދީ އާއެކު ދާއިރާތަކުގެ އަދަދު އިތުރުވަމުންދާ ކަމަށާއި، އެގޮތުން މިހާރު 93 މެމްބަރުން މަޖިލިހުގައި ތިބިއިރު، އެއީ ކުރިން ތިބި 77 މެމްބަރުންނާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. އެހެންނަމަވެސް ޑިމޮކްރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލިހެކޭ އެއްގޮތަށް ސިޓީ ކައުންސިލުތަކުގެ ދާއިރާތައް ވެސް އާބާދީގެ ނިސްބަތަށް ބަލައި އިތުރުވަމުންދާ ކަމުގަ އެވެ. އެހެންކަމުން އެ އަދަދު ވެސް މިހާރަށް ވުރެ އިތުރުނުވާ ގޮތަށް ހިފެހެއްޓުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމުގައި ފާހަގަކުރެއްވި އެވެ.

"މިސާލަކަށް، މާލޭގައި. މާލޭގައި އެންމެ ފުރަތަމަ ފެށުނީ، އަޅުގަނޑު ހަނދާން ވަނީ 11 ކައުންސިލަރުން. މިހާރު 18 އެބަތިބި. އެއީ ވެސް ހަމަ އާބާދީ ބޮޑުވާތީ ވާގޮތެއް. ދެން އެހެންނަމަވެސް، އަޅުގަނޑުމެން އިސްލާހު މި ހުށަހަޅަނީ، މިހާރު އޮތް އަދަދަށް ވުރެ ދެން އިތުރެއް ނުވާނެ އޭ. އެ 18 ގައި ހިފެހެއްޓޭނެ އޭ،" ރައީސް ވިދާޅުވި އެވެ.

ކައުންސިލުތައް ބާރުވެރި ކުރުވުމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުވުމުގެ ވާހަކަ އާ ގުޅުވާލައްވައި ރައީސް އިތުރަށް ވިދާޅުވީ އަންހެން ކައުންސިލަރުން ނުވަތަ އަންހެނުން ބާރުވެރިކުރަން މިހާރު އޮތް ފުރުސަތު އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފިޚަބަރު | 13 ދުވަސް ކުރިންއަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމަވައިފިޚަބަރު | 13 ދުވަސް ކުރިންހދ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށްފި ޚަބަރު | 22 ދުވަސް ކުރިންނެއްލައިދުއަށް މުޅިން އާ ޞިއްޙީ މަރުކަޒެއް ޚަބަރު | 24 ދުވަސް ކުރިން