logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ސެޕްޓެމްބަރު 2025 - 19:52
ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފި

ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ބްލޮކް ގްރާންޓު ދިނުމުގައި މިހާރު ޢަމަލުކުރަމުން އަންނަ އާބާދީގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިކަން އިޢުލާން ކުރެއްވީ ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި މިހާރު ޢަމަލުކުރަމުން އަންނަނީ އާބާދީއަށް ބެލުމުގެ އުޞޫލަށެވެ. ރައީސް ވިދާޅުވީ، އާބާދީ މަދު ނަމަވެސް ރަށް ބޮޑު ނަމަ މުނިސިފަލް ޚިދުމަތްތައް މަދު ނޫންކަމަށާއި، މިހާރުގެ އުސޫލުގެ ސަބަބުން މިފަދަ ކައުންސިލްތަކަށް ގެއްލުން ވާތީ މިބަދަލު ގެންނެވީކަމަށެވެ.

"ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ މި ބަދަލާއެކުގައި ކަމަށެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިތުރުން، ރައީސް ހުކުރު ދުވަހުގެ ރޭ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ބަޖެޓު ދިނުމުގައި ޢަމަލުކުރާ އުސޫލަށް ގެންނަވާނެ ބަދަލުތައް ވެސް ޢިއުލާން ކުރަށްވާފައެެވެ.

އޭގެ ތެރެއިން އެއް ބަދަލަކީ، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީއަށް ދޭންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ޑަބްލިއުޑީސީތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް. އެ މިންވަރު 10 ޕަސެންޓަށް ބޮޑުކުރުމެވެ. ދެވަނަ ބަދަލަކީ، ޑަބްލިއުޑީސީތަކަށް މިހާރުދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި، ކައުންސިލްގެ ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންފަންޓީނޯ އަދި ރައީސް މުއިއްޒުގެ ހާއްސަ މެޗުގައި އިޓަލީގެ މަޓަރާޒީގެ ފެނިލުމެއް!ކުޅިވަރު | 5 ގަޑިއިރު ކުރިންޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 13 ގަޑިއިރު ކުރިންއިންފަންޓީނޯގެ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒުއާއެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެކުޅިވަރު | 17 ގަޑިއިރު ކުރިންނޮވެމްބަރު 2 ވަނަ ދުވަސް ސަރުކާރު ބަންދުޚަބަރު | 17 ގަޑިއިރު ކުރިން