ޕީއެންސީގެ ނައިބު ރައީސްކަމަށް ޣައްސާނާއި ޝިޔާމް ހަމަޖައްސައިފި


16 މޭ 2025 - 04:17
ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް ކަމަށް ސަރުކާރުގެ ދިފާއީ ވަޒީރު ޣައްސާން މައުމޫނާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ރޭ ހަމަޖައްސައިފިއެވެ.
ރޭ ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ރައީސްގެ ފަރާތުން، ޕީޕީއެމް ލީޑަރޝިޕްގެ ދެ ނައިބު ރައީސުން ކަމުގައިވާ ޣައްސާން އަދި ޝިޔާމް ކޮންގްރެސް ޕާޓީގެ ނައީބު ރައީސުންގެ ގޮތުގައި އައްޔަންކުރައްވަން މެންބަރުންގެ މަޖިލިހަށް ހުށައެޅުއްވުމުން އެކަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ފުރިހަމަ އަޤުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ޣައްސާނާއި، ޝިޔާމަކީ ޕީޕީއެމް އުވާލުމާ ހަމައަށް ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.
މި ދެ ބޭފުޅުންނާއެކު މިހާރު ޖުމްލަ އަށް ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބަވައެވެ. މި 2 ބޭފުޅުންގެ އިތުރަށް ދެން ހިމެނެނީ:
- ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
- މިނިސްޓަރު އާދަމް ޝަރީފް އުމަރު
- މިނިސްޓަރު މުޙައްމަދު ސައީދު
- އެލްޖީއޭގެ ސީއީއޯ ނިމާލް
- ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ރޭ ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމަކީ ކޮންގްރެސް ޕާޓީގެ 2025 ވަނަ އަހަރުގެ މެންބަރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
9 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
9 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
9 މަސް ކުރިން