ޕީޕީއެމްގެ ކުރީގެ ސެނެޓު މެމްބަރުން ޕީއެންސީއާ ގުޅިއްޖެ


16 މޭ 2025 - 04:47
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލިއިރު އެޕާޓީގައި އޭރު ތިއްބެވި ސެނެޓު މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުން، ޕީޕީއެމް އުވާލަން ނިންމީ ޑިސެމްބަރު 2، 2024 ގަ އެވެ.
އެއާއެކު އިލެކްޝަން ކޮމިޝާނުގެ ދަފްތަރުން ޕީޕީއެމް ރަސްމީކޮށް އުވާލައިފައިވަނީ މިއަހަރުގެ ޖަނަވަރީމަހުގެ 30 ވަނަ ދުވަހުއެވެ.
ޕީޕީއެމް އުވިގެންދިޔައިރު އެޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާއި ގުޅުނު ގިނަ އަދަދެއްގެ މެންބަރުން ރަސްމީކޮށް ޕާޓީއާއި ރޭ ގުޅިފައިވާއިރު އެ މެންބަރުން އިގުރާރު ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރޭ ވަނީ ހަވާލުކޮށްފައެވެ.
ޕީޕީއެމްގެ ގިނަ މެމްބަރުން ޕީއެންސީއާ ގުޅިފައިވާއިރު ޕީއެންސީގައި މިވަގުތު 70،000 އާ ގާތްކުރާ އަދަދަކަށް މެމްބަރުން އެބަތިއްބެވެ.
ޕީޕީއެމް އަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވާ 2011 ވަނަ އަހަރު އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެދިގެން ދިޔުމަށް ފަހު އެޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނަވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ވެފައިވަނީ ކުރީގެ ރައީސް އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
9 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
9 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
9 މަސް ކުރިން