ރެއާލްގެ ޑިފެންޑަރ އެސަންސިއޯއަށް ކުރާ ދަޢުވާތަކުން ސަލާމަތްވެއްޖެ

ރެއާލްގެ ޑިފެންޑަރ ރައުލް އެސަންސިއޯ. ފޮޓޯ: ކޭޓީއެލްއޭ

16 މޭ 2025 - 06:50
ކުޑަކުދިންގެ އޮރިޔާން ފޮޓޯ އާންމުކުރުމުގެ މައްސަލައިގައި ތުހުމަތުކުރެވުނު ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރައުލް އެސަންސިއޯ އެ ދަޢުވާތަކުން ސަލާމަތްވެއްޖެއެވެ. މި މައްސަލައާ ގުޅިގެން އޭނާ އެއްވެސް ކުށެއް ނުކުރާކަން ކަށަވަރުވުމާ ގުޅިގެން އޭނާ ވަނީ ބަޔާނެއްވެސް ނެރެފައެވެ.
އެސަންސިއޯ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެސް އަންހެނެއްގެ ޖިންސީ މިނިވަންކަމަށް އަރައިގަންނަ އެއްވެސް ޢަމަލެއް އޭނާ ނުހިންގާ ކަމަށެވެ. އަދި ކުޑަކުއްޖަކާ މެދު މިފަދަ ޢަމަލެއް ހިންގާފައި ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. މި މައްސަލައިގައި ހިމެނޭ ދެ އަންހެނުންނާއެކު ޖިންސީ ގުޅުން ހިންގުމުގައި ނުވަތަ އެފަދަ މަންޒަރެއް ރެކޯޑުކުރުމުގައި އޭނާ ބައިވެރިވެފައި ނުވާކަން ކޯޓުގެ ނިންމުމުން ސާބިތުވާކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކަކީ ވަގުތީ ދަޢުވާތަކެއް ކަމަށާއި، އެހެންކަމުން ކުށެއް ނުކުރާކަމުގެ ޤަރީނާ ދެމިއޮންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅި، ޝަރީޢަތް ފެށިގެން ދިޔަ ކަމުގައިވިޔަސް، އޭނާގެ މަޢުޞޫމުކަން ސާބިތުކުރުމަށް ކުރިއަށް ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އެސަންސިއޯއަށް މިހާރު މިނިވަންކަން ލިބިފައިވީ ނަމަވެސް، އޭނާ އެ ވީޑިއޯ ބަލައި، އެ ވާހަކަ ދެއްކި ކަމަށްޓަކައި ބައެއް ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ފަނޑިޔާރު ވަނީ ބުނެފައެވެ. ނަމަވެސް އެ ވީޑިއޯ އެހެން ފަރާތްތަކާ ހިއްސާކުރުމުގައި ނުވަތަ ހެދުމުގައި އޭނާގެ އެއްވެސް ދައުރެއް ނެތްކަން ކަށަވަރުވެފައިވެއެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
7 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
7 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
7 މަސް ކުރިން