logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޫތު މިނިސްޓްރީން ބާއްވާ އޯޕަން ޑޭ މިއަދު ހަވީރު

އާމިނަތު ޝަފާ
16 މޭ 2025 - 06:55
ޔޫތު މިނިސްޓްރީން ބާއްވާ އޯޕަން ޑޭ މިއަދު ހަވީރު

ޔޫތު މިނިސްޓްރީން "އޯޕަން ޑޭ 2025" މިއަދު ބާއްވަން ނިންމައިފިއެވެ.

މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މި އިވެންޓުގައި ހުރިހާ އުމުރު ފުރައެއްގެ ބޭފުޅުންނަށް ބައިވެރިވެނޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީގެ އެކި އެކި ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ޒުވާނުންނަށް ލިބޭ ހިދުމަތްތަކުގެ މައުލޫމާތު މި އިވެންޓުގައި ފޯރުކޮށްދެވިގެންދާނެއެވެ. އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މިއަދު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށް އެކި ހަރަކާތަތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރޭގަނޑު ލައިވް ޕަރފޯމަންސްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

85 ޒުވާނުންނާއެކު ޔޫތު ހެކަތޯން ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބެޗް ފަށައިފި ޚަބަރު | 5 މަސް ކުރިންޒުވާނުންގެ ހޮޅުއަށި - މިމަހު 30 ގައި ޚަބަރު | 6 މަސް ކުރިންޔޫތު މިނިސްޓްރީން ބާއްވާ އޯޕަން ޑޭ މިއަދު ހަވީރު ޚަބަރު | 7 މަސް ކުރިން