logoEN
ކުޅިވަރު

އާރސެނަލް އަތުން ބްޓޮލް ޖޮބް އެވޯޑް އަޔަކްސް އަތުލައިފި

މެޗު ނިމުމަށްފަހު އާރސެނަލްގެ ކުޅުންތެރިން. ފޮޓޯ: އަލް ޖަޒީރާ

މެޗު ނިމުމަށްފަހު އާރސެނަލްގެ ކުޅުންތެރިން. ފޮޓޯ: އަލް ޖަޒީރާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

16 މޭ 2025 - 06:57

ބުދަ ދުވަހުގެ ރޭ ހޮލެންޑް ލީގު އެރެޑިވިޒީގައި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ގްރޮނިންގެން އިން މެޗުގެ 99 ވަނަ މިނެޓްގައި ޖެހި ގޯލާއެކު އަޔަކްސް 2-2 އިން އެއްވަރުވެ، ލީގުގައި ދަމަހަށްޓަމުން އައި އެއްވަނަ މަޤާމް ގެއްލުވާލައިފިއެވެ. މިއާއެކު ދެވަނައިގައި އޮރް ޕީއެސްވީ ވަނީ އަޔަކްސް ގެ މައްޗަށް އެއްޕޮއިންޓްގެ ލީޑެއް ނަގައި، ތާވަލުގެ އެއްވަނައަށް އަރާފައެވެ. މިއާއެކު ލީގުގައި ބާކީ ކުޅެން ދެން އޮތީ އެންމެ މެޗެކެވެ.

ލީގުގެ އެންމެ ފަހު ފަސްމެޗުގައިވެސް އެއްވަނައިގައި އަޔަކްސް އަތުގައި 9 ޕޮއިންޓުގެ ލީޑެއް އޮތެވެ. ނަމަވެސް އެޓީމު އެންމެ ފަހުން ކުޅުނު 4 މެޗުގެ ތެރެއިން ދެމެޗު ވަނީ އެއްވަރުވެ އަނެއް ދެ މެޗުން ބަލިވެ، އެއްވަނައިގައި ދަމަހަށްޓަމުން އައި ލީޑު ގެއްލި އަމިއްލަ ބާރު ގެއްލިފައެވެ.

ޕީއެސްވީ އަންނަ އާދިއްތަދުވަހު ކުޅޭމެޗުން މޮޅުވެއްޖެނަމަ އެޓީމަށް ލީގު ލިބޭނެއެވެ،

އަޔަކްސް އެންމެ ފަހުން ކުޅުނު މެޗުގައި އަޔަކްސް އިން 27 ވަނަ މިނެޓްގައި އެންޓޮން ގާއީ މެދުވެރިކޮށް ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ 7 ވަނަ މިނެޓްގައި ތޯމް ވަން ބަރގެން ގޯލާއެކު މެޗު އެއްވަރު ކުރިއެވެ. އޭގެ ފަހުން ވެގްހޯސްޓް ގޯލަކާއެކު ފްރަންޗެސްކޯ އަޔަކްސް އަނެއްކާވެސް ލީޑު ނެގިއެވެ.

އިތުރުކުރެވުނު ވަގުތުގެ 3 ވަނަ މިނެޓްގައި ގްރޮނިންގެންގެ ލުސިއާނޯ ވަލެންޓެ ރަތް ކާޑު ލިބިގެން ދިޔުމާއެކު، ނޯޑްލީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އަޔަކްސް އަށް މުހިންމު މޮޅެއް ހޯދޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް، ރަތް ކާޑާ ގުޅިގެން އިތުރުކުރެވުނު ވަގުތުގައި ތިޖްމެން ބްލޮކްޒިޖްލް 99 ވަނަ މިނެޓްގައި ކާމިޔާބުކުރި ގޯލާއެކު މެޗު އެއްވަރުވެގެން ދިޔައެވެ.

މިއާއެކު ފަހުގެ ތާޜީޚެއްގައި ޔޫރަޕުގެ ލީގެއްގައި މިހާބޮޑު ލީޑެއްގައި އޮވެ ފަހުވަގުތު ލީޑު ގެއްލުވާލި އެއްޓީމަށް އަޔަކްސް ވެގެން ވަނީ ގޮސްފައެވެ. މީގެކުރިން މިދިޔަ ސީޒަނުގައި އާރސެނަލް ވެސް ވަނީ ލީގުގެ ބޮޑުބައެއްގައި އެއްވަނައިގައި ބޮޑު ލީޑެއްގައި ގިނަދުވަހު އޮތުމަށްފަހު، ސީޒަނުގެ ފަހުކޮޅުގައި ސިޓީ އަށް ލީގު ހަދިޔާ ކޮށްފައެވެ.

ކޮމެންޓް

871x217_placeholder