logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ހެވީ ވެހިކަލަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުން ޕާކިން ޖާގައަށް ހުޅުވާލައިފި

މެންދުރު ޓީމް
7 އޯގަސްޓު 2024 - 08:06
ހެވީ ވެހިކަލަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުން ޕާކިން ޖާގައަށް ހުޅުވާލައިފި

ހެވީ ވެހިކަލަށް ޚާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ޒޯނުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

މާލޭ އިންޑަސްޓްރީއަލް ޒޯން ބަލަހައްޓާ އެތަން ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއާއެވެ. އެމްޕީއެލްއިން ބުނީ މާލެ އިންޑަސްޓްރީއަލް ވިލެޖުގައި ހެވީ ވެހިކަލަށް ޚާއްސަ ޕާކިން ޒޯނެއް ހަދަން ނިންމީ، މާލޭގައި ބޭނުންކުރާ އެފަދަ ވެހިކަލްތައް އިތުރުވުމާއި އެކަމަށް ޚާއްސަ ޕާކިން އޭރިއާއެއް ކަނޑައަޅާފައި ނެތުމުންކަމަށެވެ. މިކަމަކީ ހެވީ ވެހިކަލް ގެންގުޅޭ ކުންފުނިތަކާ އަމިއްލަ ފަރާތްތަކުންވެސް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއްކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްއިން ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ހެވީ ވެހިކަލަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް ނިންމާފައިވާކަމަށެވެ.

އެމްޕީއެލްއިން ވަނީ ސްލޮޓްގެ އަދަދުތަކާ އަގުތައް އިޢުލާންކޮށް، އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ހެވީ ވެހިކަލްއަށް ސްލޮޓް ދޫކުރާ އަދަދުތަކާއި އަގުތައް:-

  • ކޮމާޝަލް ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ ޕިކަލް/ލޮރީ - 100 ސްލޮޓް – 2000ރ
  • ބައުޒަރު - 32 ސްލޮޓް – 4000ރ
  • ކްރޭން - 4 ސްލޮޓް – 6000ރ
  • އެހެނިހެން އުޅަނދުތައް - 30 ސްލޮޓް 4000ރ

އެމްޕީއެލްއިން ބުނެފައިވަނީ ސްލޮޓްތައް ދޫކުރަނީ ފުރަތަމަ އެދޭ ފަރާތްތަކަށް އިސްކަން ދީގެންކަމަށެވެ. އެހެންކަމުން ސްލޮޓް ކުއްޔަށް ނެގުމަށް އެދޭ ފަރާތްތަކުން، ލިޔުމުން އެމްޕީއެލްއަށް ހުށައެޅުމަށް އެދޭކަމަށެވެ. އެ ލިޔުމާއެކު ވެހިކަލް ރަޖިސްޓްރީ، އިންޝުއަރެންސް، ރޯޑްވާދިނަސް ހުށައަޅަންޖެހޭނެއެވެ. އަދި ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ނަމަ ޑިފެންސް މިނިސްޓްރީ ނުވަތަ އެމްއެންޑީއެފުން ދީފައިވާ ލިޔުން އަދި ވެރިފަރާތް ނޫނީ އޮޕަރޭޓްކުރާ ފަރާތުގެ އައިޑީ ކާޑާއި ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަން ޖެހޭނެއެވެ.

މިވަގުތު ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސަމުންދިޔަ ނަމަވެސް އެމްޕީއެލްއިން ވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހެވީ ވެހިކަލްތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއްވެސް ހަދަން ނިންމާފައެވެ. އެ ޒޯން ހަދާނީ ފެންސު ޖަގައިގެން އަދި 24 ގަޑިއިރު ސެކިއުރިޓީގެ ޚިދުމަތްވެސް ލިބޭގޮތަށެވެ. މި މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ސަރުކާރުން ކާމިޔާބުކަމާއެކު ގާއިމުކޮށްފިޚަބަރު | 18 ދުވަސް ކުރިންހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | މަހެއް ކުރިންޓެކްސީ ލައިން ފަށައިގަންނަން 407 ޑްރައިވަރުން، ފުރުސަތު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން ކަނޑު އުޅަނދު ސާވޭ ކުރުމުގެ ޕްރޮގްރާމެއް ކައުންސިލްތަކާއެކު ކުރިއަށް ގެންގޮސްފިޚަބަރު | 3 މަސް ކުރިން