ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ
![](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2F186522_3_0a6ba1d5ed5656cb43e96b551ae1576fff7230e1_medium.jpg&w=3840&q=75)
![މެންދުރު ޓީމް](/_next/image?url=%2Fuser.jpg&w=3840&q=75)
06 އޯގަސްޓު 2024 - 07:24
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ބަޔަކު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. އެ ވުޒާރައިން މިހާރު ވަނީ އެ ޚިދުމަތްދޭނެ ބަޔަކު ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތް ފަށްޓަވަން ސަރުކާރުން ނިންމެވީ ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ. އެގޮތުން ސަރުކާރުން މިކަން އިއުލާންކޮށްފައިވަނީ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ އިމަޖެންސީގެ ކުއްލި ހާލަތްތަކުގެ ޚިދުމަތް ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްކަމަށެވެ.
މިއާއެކު އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށް ހުއްދަދޭނެއެވެ. އަދި ވައިގެމަހުން ސަރޗް އެންޑް ރެސްކިއުއަށްވެސް ހެލިކޮޕްޓަރު ބޭނުންކުރާނެއެވެ. ސަރުކާރުން އަންނަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން އެއަރ އެމްބިއުލާންސް ފްލީޓުގައި ޑޭޝް-8 މަރުކާގެ ބޯޓާއި، ސީޕްލޭން އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ ފްލީޓަށް ހެލިކޮޕްޓަރެއްވެސް އިތުރުކުރާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު، މި ޚިދުަތް ފަތުރުވެރިކަމުގެ ސިނާޢަތުގައިވެސް ހެލިކޮޕްޓަރު ބޭނުންކުރާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އެގޮތުން މި ޚިދުމަތް ދިނުމަށް އެއްބަސްވުން އެކުލަވާލާ ފަރާތަށް 10 އަހަރުގެ މުއްދަތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން އުފުލައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ހުއްދަދޭނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ހުއްދަދޭނީ ރާއްޖޭގެ ތިމާވެށްޓާއި ގުދުރަތީވެށްޓަށް ގެއްލުން ނުލިބޭނެފަދަ ގޮތަކަށް ޚިދުމަތްދޭނެ ބަޔަކަށްކަމަށެވެ.
ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދިޔައީ ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ހަމިންބާޑުގެ ނަމުގައި އޭރު އޮޮޕަރޭޓްކުރަމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ އޭރު ދިމާވި ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެެވެ.
އިތުރު ލިޔުންތައް
![ހެވީ ވެހިކަލަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުން ޕާކިން ޖާގައަށް ހުޅުވާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2FMale-industrial-village.jpg&w=3840&q=75)
ހެވީ ވެހިކަލަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުން ޕާކިން ޖާގައަށް ހުޅުވާލައިފި
5 މަސް ކުރިން![ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރަން ސައުދީން އެހީވަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2FMinister%20Ameen.jpg&w=3840&q=75)
ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރަން ސައުދީން އެހީވަނީ
5 މަސް ކުރިން![ހުޅުމާލެ ސަހަރާ ކުރިމަތީ ބިން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރަން ދެނީ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F55ccd557-fad3-4db0-8b8f-d78779bc9a00.webp&w=3840&q=75)
ހުޅުމާލެ ސަހަރާ ކުރިމަތީ ބިން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރަން ދެނީ
4 މަސް ކުރިން![މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފްކުރަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F34220_961-1727254376652.webp&w=3840&q=75)