logo
Bank of Maldives

Bank of Maldives

ޚަބަރު

ތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފި

ޒިދާން މުޙައްމަދު
27 ފެބްރުއަރީ 2026 - 07:09
ތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފި

މާލެއާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އާއި ވިލިމާލެ-ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ދަތުރު ނުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ތަކުރާރުކޮށް އަންގައިފިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ޗެނަލްގައި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެ ތިން ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަށް ނުވާތީ، އެ ކަނޑުއޮޅިތައް ބަންދުކޮށްފައިވާކަން މާޗު 3، 2024 ގައި އާންމުކޮށް އަންގާ އިއުލާން ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައި ވާތީ، އެ ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ ކަމަށް ފަހުން ކުރި އިއުލާނުގައި ވެސް ބުންޏެވެ. 

މިނިސްޓްރީން މި އިއުލާން އަލުން އާންމު ކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް، އެ ކަނޑުއޮޅިތައް ހުރަސްކޮށް ބައެއް އުޅަނދުފަހަރު ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާ އިން ދޭތެރެއަކުން ފެނެއެވެ. 

އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ މި ދިގު ބްރިޖުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ބުނެފައިވެއެވެ. އެ ބްރިޖު އެޅުމަށް މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ހުރީ ނިމިފައެވެ. 

މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފ. އާއި ދ. އަތޮޅުގައި އާރުޓީއެލް ދަތުރުތަކަށް އަގު ނަގާނެ ރޭޓުތައް އާންމުކޮށްފިޚަބަރު | 5 ދުވަސް ކުރިންކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ދެން ތަހުގީގުކުރާނީ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން!ޚަބަރު | މަހެއް ކުރިންހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ސަރުކާރުން ކާމިޔާބުކަމާއެކު ގާއިމުކޮށްފިޚަބަރު | 2 މަސް ކުރިން