logo
Bank of Maldives

Bank of Maldives

ވިޔަފާރި

ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރަން ސައުދީން އެހީވަނީ

މެންދުރު ޓީމް
30 އޯގަސްޓު 2024 - 11:02
ސީޕްލޭން އޮޕަރޭ ޝަން ހަރުދަނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން __
ސީޕްލޭން އޮޕަރޭ ޝަން ހަރުދަނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން __

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ކަމަށްވާ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރުމުގެ ގޮތުން ގަވާއިދުތައް އިސްލާހުކުރުމަށް ސައުދީ އަރަބިއާއެކު ރާއްޖޭން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހާރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

މިވެވުނު އެއްބަސްވުމުގެ ދަށުން، ބައިނަލްއަޤުވާމީ މިންގަނޑުތަކާއެއްގޮތަށް ސަލާމަތީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބެލެހެއްޓުމަށް އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީން އެއްބަސްވެއެވެ. އަދި ހަމައެހެންމެ، ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވާއިރު، އޭވިއޭޝަން ސިނާއަތުގެ ސަބަބުން ތިމާވެއްޓަށްކުރާ އަސަރުކުޑަކުރުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ދެގައުމުން މަސައްކަތްކުރާނެއެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ސަޢުދި ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް، ޞާލިހު ބިން ނާސަރު އަލް ޖައްސަރެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ސައުދީ ސަރުކާރުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި އުޅަނދު ރަޖިސްޓަރީކުރުން ކޮންޓްރޯލްކޮށް، ގިނަ އުޅަނދު ގެންގުޅޭނަމަ ފީއެއް ނަގާ ގޮތަށް އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު މި މަހު 30 ގައި އަމަލުކުރަން ފަށަނީކޯޓް ރޫމް | 13 ދުވަސް ކުރިންއިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | 5 މަސް ކުރިންމި މަސް ނިމުމުގެ ކުރިން ލ. އަދި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 6 މަސް ކުރިންތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފިޚަބަރު | 7 މަސް ކުރިން