logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭސް ފޯރުކޮށް ދިނުމުގެ ޚިދުމަތް ފުޅާކުރުމަށް އެސްޓީއޯ ސްމާޓް ސްޓޯރ، ފާމަސީއަކަށް ބަދަލުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2025 - 02:42
ބޭސް ފޯރުކޮށް ދިނުމުގެ ޚިދުމަތް ފުޅާކުރުމަށް އެސްޓީއޯ ސްމާޓް ސްޓޯރ، ފާމަސީއަކަށް

ހުޅުމާލޭގައި ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، އެސްޓީއޯ ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ރޭ ހާމަކޮށްފިއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހުޅުމާލެ ހޮސްޕިޓަލަށްދާ ބަލި މީހުންނަށް ރަނގަޅު ފެންވަރެއްގެ ފާމަސީއެއްގެ ޚިދުމަތް ދެވެެން ނެތީމަ، އެކަމާ ގުޅިގެން އަންނަ ޝަކުވާތަކާ ގުޅިގެން ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި،" ޝިމާދު ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯގެ "ސްމާޓް ސްޓޯ" ހުޅުވީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް، ހުޅުމާލޭ ފޭސް 1 ގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުޅުވި ސްމާޓް ސްޓޯއަށް ވިޔަފާރި ކުރުމަށް އެހާ ގިނަ ބަޔަކު ވަންނަ ތަނެއް އާންމުކޮށް ނުފެންނަ ކަމަށް ފާހަގަކުރެވެއެވެ.

މީގެއިތުރުން، ހުޅުމާލޭ ފޭސް 1 ގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝިމާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނިން އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއްގެ ބަދަލުގައި އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ދޭ ޚިދުމަތެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެސްޓީއޯއަކީ ބޭސް ހޯދަން އަންނަ މީހުންނަށް ކޮލިޓީ ބޭސް ހުސްނުވެ ލިބެން ހުންނަ ތަނަކަށް ހެދުން،" ޝިމާދު ވިދާޅުވިއެވެ.

ބޭސް ގެނައުމުގައި ދިމާވާ ދަތިތަކާ ގުޅިގެން، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، އެކަށީގެންވާ ހައްލެއް މިހާރު ވަނީ ހޯދާފައިވާ ކަމަށްވެސް ޝިމާދު ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ އިތުވެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާ!ޚަބަރު | 6 ދުވަސް ކުރިންއެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 6 ދުވަސް ކުރިންއަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެފިވިޔަފާރި | 4 މަސް ކުރިންއެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި ޚަބަރު | 4 މަސް ކުރިން