logo
E-Platinum
ކުޅިވަރު

އޮޑިސްޕޯރޓްސް އަތުން މުހިންމު މޮޅެއްހޯދައި ނިއު ސެމީއަށް

އަބްދުﷲ ޣާނިމް
18 މޭ 2025 - 06:49
މެޗުގެ ތެރެއިން ޔާންބެ ބޯޅަހިފައިގެން.
މެޗުގެ ތެރެއިން ޔާންބެ ބޯޅަހިފައިގެން.

އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި އޮޑި ސްޕޯރޓްސް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސެމީގެ ޖާގައެއް ހޯދައިފިއެވެ. ރޭގައި ކުލުނު މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 2-0 އިންނެވެ.

މި މެޗުގައި ނިއުރޭޑިއަންޓުގެ ފަރާތުން މެޗު ކޮންޓްރޯލްކޮށްގެން ރީތި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނިއުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ގާނާގެ ތޯރިގު ޖެބްރިންއެވެ. އަދި ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އިބްރާހިމް ރިޒްހާން (ރިޒްކޯ) ވަނީ އޭރިޔާގެ ބޭރުން ޖެހި ބާރު ޝޯތަކުން ދެވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގައި ނިއުގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ ތަޖުރިބާގެ ބޭނުންކޮށް ރަނގަޅު ކުޅުމެއް ދައްކައި، އޮޑީގެ ގިނަ ހަމަލާތަކެއް ހުއްޓުވައިފައެވެ.

_87A0428.jpg

 

މި ނަތީޖާއާއެކު، ފަސް ޓީމު ވާދަކުރާ ލީގު ކަޕްގެ ލީގު ބުރުގައި ބާކީ ދެ މެޗު އޮއްވައި ސެމީ ފައިނަލުގެ ޖާގަތައް ޔަގީންވެފައިވެއެވެ. މި ވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ތިން މެޗުން 9 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ނިއު އަށް ތިން މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އޮޑި އާއި ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ.

ލީގު ކަޕްގައި ދެން މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހު ހަވީރު އޮޑި އާއި މާޒިޔާ ބައްދަލުކުރާއިރު، އެރޭ ނިއު އިން މަހިބަދޫއާ ބައްދަލުކުރާނެއެވެ. އެ މެޗުތަކަށް ފަހު ސެމީ ފައިނަލްގައި ކުޅެން ޖެހޭ މެޗުތައް ޔަގީންވާނެއެވެ. ލީގު ބުރުގެ އެއްވަނަ ކުޅެން ޖެހޭނީ ހަތަރުވަނައާ އެވެ. އަދި ދެވަނަ ޓީމު ކުޅެން ޖެހޭނީ ތިންވަނަ ޓީމާއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަގަނޑޭ ނިއުއަށް- ނިއު ދެން ފެންނާނީ ވަރުގަދަކޮށްކުޅިވަރު | މަހެއް ކުރިންސެމީގައި މާޒިޔާ އާއި ޓީސީ، ނިއު ނިކުންނާނީ އޮޑިސްޕޯރޓްސް އާއި ދެކޮޅަށްކުޅިވަރު | 2 މަސް ކުރިންކުރީގެ ލެވަލްއަށް ނިއު އަލުން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ކޯޗު ސޮބާޙްކުޅިވަރު | 2 މަސް ކުރިންނިއުގެ ފަރާތުން ސަޕޯޓަރުންނަށް ސަޕްރައިޒެއް: "އަންނަނީ؟"ކުޅިވަރު | 2 މަސް ކުރިން