logoEN
ކުޅިވަރު

ކަރޭރާސް ރެއާލް މެޑްރިޑްއަށް

ކަރޭރާސް ރެއާލް އަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް ރިޕޯރޓްތައް ބުނޭ

ކަރޭރާސް ރެއާލް އަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް ރިޕޯރޓްތައް ބުނޭ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

18 މޭ 2025 - 07:30

ސްޕެއިންގެ ނޫސް "އޭއެސް" އިން ހާމަކޮށްފައިވާ ގޮތުގައި، ބެންފިކާގެ ސްޕެނިޝް ލެފްޓް-ބެކް އަލްވާރޯ ކަރޭރާސް ރެއާލް މެޑްރިޑްއަށް ބަދަލުވުމުގެ މަސައްކަތް ވަނީ ނިމުމަކާ ކައިރިވެފައެވެ. އަދި ރެއާލް އަށް ބަދަލުވުމަށް ކުޅުންތެރިޔާ އެއްބަސްވެފައިވާކަމަށް ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ ރިޕޯރޓްކޮށްފައެވެ.

އަދި އޭނާ ކުލަބަށް ބަދަލުވުމުގެ ކަންކަން އަންނަ މަހުގެ ފީފާ ކުލަބް ވޯލްޑްކަޕްގެ ކުރިން ނިމޭނެކަމަށް ބެލެވެއެވެ.

އޭއެސް ނޫހުން ހާމަކޮށްފައިވާ ގޮތުގައި، މި ޑީލް ވަނީ 90 އިންސައްތަ ފުރިހަމަވެފައެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑްއަށް 18 މިލިއަން ޔޫރޯއަށް ކުޅުންތެރިޔާ އަނބުރާ ގެންދެވޭ ގޮތަށް އޮތް މާއްދާއެއްގެ ސަބަބުން ކުޑަ އުނދަގުލެއް ދިމާވެފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ޕްލޭންގައިވާ ގޮތުން، ޔުނައިޓެޑްއިން އެ މާއްދާ ބޭނުންކޮށް ކުޅުންތެރިޔާ ގަތުމަށްފަހު، 30 އިން 35 މިލިއަން ޔޫރޯއަށް ރެއާލް މެޑްރިޑްއަށް ވިއްކާލުމަށް ވަނީ ރޭވިފައެވެ. މިއީ ދެ ކްލަބަށްވެސް ފައިދާވާނެ މުއާމަލާތެކެވެ.

ބެންފިކާއިން ޔުނައިޓެޑްއަށް ކުޅުންތެރިޔާ ދޫކޮށްލާނީ 18 މިލިއަން ޔޫރޯއަށެވެ. އެހެންނަމަވެސް އެ ކްލަބަށްވެސް މި ޑީލްއިން ފައިދާވާނެއެވެ. އެއީ އެ ކްލަބުން ކުޅުންތެރިޔާ ގަތީ އެންމެ 6 މިލިއަން ޔޫރޯއަށް ކަމަށްވާތީއެވެ.

ކަރޭރާސްއަކީ ރެއާލް މެޑްރިޑްގެ އަންނަން އޮތް ކޯޗް ޒާބި އަލޮންސޯއަށް މިސީޒަނުގައި ރެއާލް އާއި ހަވާލުވާއިރު، ކުލަބުގެ ދިފާއު ވަރުގަދަ ކުރުމަށް އެކުލަބުން ގެންނަ ތިން ވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ރެއާލް އިން ވަނީ ޑިފެންޑަރ ހުއިސަންގެ ސޮއި ހޯދާފައެވެ. އަދި ލިވަރޕޫލްގެ އާނޯލްޑްގެ ސޮއި ހޯދުމުގެ އެންމެހައި ކަންކަން ނިމިފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

ކޮމެންޓް

871x217_placeholder