logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބަންކަރިންގ ޚިދުމަތުން ބޮޑު އާމްދަނީއެެއް ހޯދައިފި

އަޙްމަދު ޒަލީފް
18 މޭ 2025 - 08:00
ބަންކަރިންގ ޚިދުމަތުން ބޮޑު އާމްދަނީއެެއް ހޯދައިފި

މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން އެ ކުންފުންޏަށް މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝިމާދް މިހެން ވިދާޅުވީ، އެސްޓީއޯގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައިވެއެވެ

Ad by Hajj Corporation

Ad by Hajj Corporation

20250518_101930-1024x683.jpg

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަނީ / ފޮޓޯ:އެސްޓީއޯ

ބަންކަރިން އާ ގުޅިގެން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަންވެސް ޝިމާދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ހިދުމަތް ދެމުން އަންނަ އަވައްޓެރި ގައުމުތަކާ ވާދަކުރާ ނަމަ އެފަދަ ކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމަށާއި ބަދަލުތައް ގެނައުމަށް ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކުރެވި މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ އެއް ކުންފުނި، ވިޓޯލް އާއެކު އެސްޓީއޯއިން އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!ޚަބަރު | 4 ގަޑިއިރު ކުރިންބަންކަރިންގ ޚިދުމަތުން ބޮޑު އާމްދަނީއެެއް ހޯދައިފި ޚަބަރު | އަހަރެއް ކުރިންބަންކަރިންގ އަށް ޚާއްޞަ ޕޯޓެއް ތަރައްޤީ ކުރަނީ ޚަބަރު | އަހަރެއް ކުރިންބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށް އެބަދޭ - މިނިސްޓަރ ޚަބަރު | އަހަރެއް ކުރިން