logoEN
ޚަބަރު

ޑްރަގް ބޭނުންކޮށް ވިއްކާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

18 މޭ 2025 - 09:35

މަސްތުވާތަކެތި ގެންގުޅެ، ވިއްކައި އަދި ބޭނުންކުރާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މެއި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޮޅީގެ ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ.

މި ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7,000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 1,058.55 ގްރާމްގެ ތަކެތި ފެނިފައިވެއެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ދަނގަޑުކެނޑިގެ / މާލެ، ޙަސަން ނިމާލު (44 އަހަރު) އާއި ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، ޝިފާނާ ޢަބްދުއްސައްތާރު (38 އަހަރު) އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލަ މިހާރު ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ. މި މައްސަލައިގައި އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފުލުން އަންނަީ މިފަދަ ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ކޮމެންޓް

871x217_placeholder