logo
ޚަބަރު

ހުރާ ކައުންސިލް މަދަޙަ މުބާރާތްގެ ފަޚުރުވެރި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވެސް ''ޒޯނު 2'' އަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2025 - 14:06
ހުރާ ކައުންސިލް މަދަޙަ މުބާރާތްގެ ފަޚުރުވެރި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވެސް ''ޒޯނު 2'' އަށް

މާލެ އަތޮޅު ހުރާ ކައުންސިލުގެ ތިންވަނަ މަދަހަ މުބާރާތުގެ ފަޙުރުވެރި އެއްވަނަ ދެވަނަ ތިންވަނަ، ޒޯނު ދެއެއްގެ ތިން ބައިވެރިން ހޯދައިފިއެވެ.

މުޅި މުބާރާތުން ފަޙުރުވެރި އެއްވަނައަށް ގޮސްފައިވަނީ ޒޯން 2 ގެ ފާޠިމަތު ނަޠާޝާއެވެ. ނަތާޝާ ވަނީ މުޅި މުބާރާތުން އެއްވަނަ ހޯދާ "ދަ ޓްރެވެލަރސް ޙައްޖު އެންޑް ޢުމްރާ" ގެ ޢުމްރާ ދަތުރުގެ އިތުރުން ފައިސާގެ އިނާމާއި ޓްރޮފީ ޙާޞިލްކޮށްފައެވެ.

photo_6147775278387152607_y.jpg

މުޅި މުބާރާތުގެ ފަޙުރުވެރި އެއްވަނަ ހޯދި ޒޯން 2 ގެ ފާޠިމަތު ނަޠާޝާއަށް އިނާމް ހަވާލުކުރަނީ

Ad by Hajj Corporation

Ad by Hajj Corporation

 

މުޅި މުބާރާތުން ފަޙުރުވެރި ދެ ވަނަ އަށް ހޮވިފައިވަނީ ޒޯން ދެއެއްގެ ތުޙުފާ އިބްރާހީމްއެވެ. ތުޙުފާވަނީ ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ ޙާޞިލްކޮށްފައެވެ. އަދި މުޅި މުބާރާތުން ފަޙުރުވެރި ތިން ވަނަ އަށް ހޮވިފައިވަނީ ޒޯން ދެއެއްގެ ޢާއިޝަތު ޖަޒްލާ ވާފިރުއެވެ. ޖަޒްލާއަށްވެސް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ ލިބިފައިވެއެވެ.

photo_6147775278387152598_y.jpg

މުބާރާތުގައި މަދަހަ ހުށަހަޅައިދެނީ

 

މި އިނާމުތަށް މި ތިން ބައިވެރިންނާ ހަވާލުކޮށްދެއްވީ ޖަލުސާގެ ޝަރަފުވެރި މެހެމާނު ކުރީގެ މަޝްޙޫރު ލަވަ ކިޔުންތެރިއާ ޢުމަރު ޒާހިރެވެ.

މި މުބާރާތަކީ ރަށުގެ 3 ޒޯންގެ މެދުގައި ކުރިއަށްދިޔަ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިން ވާދަކޮށްފައިވަނީ އިންޑިވިޖުއަލް އަދި ގްރޫޕްތަކުގެ މެދުގައެވެ.

މި މުބާރާތުގެ ނަތީގާ ފާޅުކުރި ޖަލްސާގައި މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ހުރާ ކައުންސިލް ރައީސް އީސާ އަޙުމަދު ވިދާޅުވީ، މިމުބާރާތަކީ ހުރާގައި އެކުވެރިކަން ޢާލާ ކުރުމާއި ޒޯންތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި 2023ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. އަދި މިއީ މިފަދަ ތިންވަނަ މުބާރާތްކަންވެސް ފާހަގަކުރެއްވިއެވެ.

photo_6147775278387152603_y.jpg

މުބާރާތުގެ ބައިވެރިންތަކެއް



މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހުރާ ކައުންސިލާ ކ.ހުރާ ބެލިސިމޯ ސްޕޯޓްސް އާއި ގުޅިގެންނެވެ.

މި މުބާރާތުގައި ގްރޫޕް މަދަޙަ ކިޔުމުން 1 ވަނަ ހޯދީ ޒޯން 3ން ބައިވެރިވި އަބަދީ ނިޝާން ގްރޫޕެވެ. 2 ވަނަ ހޯދީ ޒޯން 3ން ބައިވެރިވި ވުޞޫލް އަލްނަބަވީ ގްރޫޕެވެ. އަދި 3 ވަނަ ހޯދީ ޒޯން 2 ން ބައިވެރި ޒިކުރު ގްރޫޕުންނެވެ.

ރަށުގެ 3 ޒޯންގެ މެދުގައި ކުރިއަށްގެންދިޔަ މި މުބާރާތް އިންސާފުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ރާފިޔަތު ރަމީޒާ އަދި އިބްރާޙިމް އާމިރުއެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި މިއީ ކައުންސިލް މިދައުރަށް އިންތިޚާބުވެ ބަޖެޓް ހަމައަކަށް އެޅުމުން ބޭއްވި މުބާރާތެއްކަމުން މިމުބާރާތުގެ ނަޠީޖާ ވަރަށް ރަނގަޅުކަމަށެވެ. މިހާތަނަށް ތިން މުބާރާތެއް ބާއްވާފައިވާއިރު އެއް އަހަރުން އަނެއް އަހަރަށް ކުރިއެރުންތައް ލިބެމުން އަންނަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

photo_6147775278387152600_y.jpg

މުބާރާތުގައި މަދަހައެއް ހުށަހަޅަނީ



ރަށުގެ ތިން ޒޯންގެ މެދުގައި ކުރިއަށް ދިޔަ މި މުބާރާތުގައި އިންޑިވިޖުއަލްކޮށް 55 ބައިވެރިން ވަނީ ބައިވެރިފައެވެ. އަދި ގްރޫޕްގެ ގޮތުގައި 15 ގްރޫޕް ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ސްޕޮންސަރއަކީ "ދަ ޓްރެވެލަރސް ޙައްޖު އެންޑް ޢުމްރާ" ގްރޫޕެވެ. އަދި މިއީ މިފަހުން ހުރާގައި ހިންގި ޤުރުޢާން މުބާރާތްވެސް ސްޕޮންސަރކުރި ފަރާތްވެސް މެއެވެ.

IMG_2971.jpeg



މިއީ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބޭ މުބާރާތެކެވެ. މި މުބާރާތަށް ލިބުނު ތަރުޚީބަށް ބަލައި ދެން ކުރިއަށް ހުރި މުބާރާތްތައް މިއަށްވުރެއްް ފުރިހަމައަށް އަދި މިއަށްވުރެ ކުލަގަދަކޮށް ބޭއްވުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ކައުންސިލްގެ ރައީސް އީސާ އަޙުމަދު ވިދާޅުވިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރާ ފުޓްބޯޅަ: ސެމީގެ ފުރަތަމަ ޖާގަ ޓީމް ޖޯކާސް ކަށަވަރުކޮށްފިކުޅިވަރު | ދުވަހެއް ކުރިންހުރާ ފުޓްބޯޅަ: ހުރާގެ ތަރިން ހިމެނޭ ސުޕެއަރ ހަންޓަރސް ފެށީ މޮޅަކުންކުޅިވަރު | 3 ދުވަސް ކުރިންހުރާގައި ދިގު މުއްދަތަކަށްފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފިކުޅިވަރު | 3 ދުވަސް ކުރިންހުރާ ކައުންސިލް މަދަޙަ މުބާރާތްގެ ފަޚުރުވެރި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވެސް ''ޒޯނު 2'' އަށްޚަބަރު | 3 މަސް ކުރިން