logo
ކުޅިވަރު

ހުރާ ފުޓްބޯޅަ މުބާރާތް: ހުރާގެ ތަރިން ހިމެނޭ ސުޕެއަރ ހަންޓަރސް ފެށީ މޮޅަކުން

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޯގަސްޓު 2025 - 05:10
ސްޕެއަރ ހަންޓަރސް ގެ މާސޭ،. ފޯޓީ ޓޫ ގެ އަލީ ހާޝިމް ( ބޮބީ ) ކައިރިން ބޯޅަ ނައްޓާލަނީ
ސްޕެއަރ ހަންޓަރސް ގެ މާސޭ،. ފޯޓީ ޓޫ ގެ އަލީ ހާޝިމް ( ބޮބީ ) ކައިރިން ބޯޅަ ނައްޓާލަނީ

ކ.ހުރާގައި މިހާރު ކުރިއަށްދާ ހުރާ ބެލިސިމޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ބައްދަލުކުރި ޓީމް ފޯޓީ ޓޫގެ މައްޗަށް ގިނަ ތަޖުރިބާކަރު ކުޅުންތެރިން ތަކެއް ހިމެނޭ ޓީމް ސުޕެއަރ ހަންޓަރސް އުނދަގޫ މޮޅަކުން މުބާރާތް ފަށައިފި އެވެ.

މި މެޗު ފަށައިގެން ދެޓީމުންވެސް ރަނގަޅު ކުޅުމެއް ކުޅެމުން ދަނިކޮން ލިބުނު ކައުންޓަރ އެޓޭކެއްގައި ،ސުޕެއަރ ހަންޓަރސްއަށް ލީޑުނަގައި ދިނީ ޓީމުގެ ބިދޭށީ ކުޅުންތެރިޔާ ( ޓެންޒޭނިޔާގެ) ޖެކްޝަން ޕްރޮސްޕަރ މުޅިން ހުސްކޮލަފައި އެޓީމުގެ މުޙައްމަދު މުޢާނަށް ދިން ޕާހަކުންނެވެ. މިލަނޑު މުނާޢާން ޖަހައި ދިނީ ފުރަތަމަ ހާފުގެ ބާރަވަނަ މިނެޓްގައެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔަ އެވެ. މިގޮތުން ފަހު ހާފުގެ 25ވަނަ މިނެޓގައި ،ސުޕެއަރ ހަންޓަރސްގެ ފަޔާޒު ކުރި ކުށަކާއެކު އެޓީމުގެ ގޯލް އޭރިޔާ ކައިރިން ލިބުނު ހިލޭ ޖެހުމެއް ،ޓީމް ފޯޓީ ޓޫގެ ރިލުވާން ނަސީމް ފޮނުވާލިއެވެ. ސީދާ މަތީ ކަނަށް ދިޔަ މި ބޯޅަ އިސްކޮޅުން ދިގު ތަޖުރިބާކާރު ކީޕަރ އަޙުމަދު އަރީޝް އަތުން ޖެއްސުމުން މަތީ ދަނޑީގައި ފައި ދިއައީ ކޯނަރަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

photo_6129522560732349462_y.jpg

 

ނަމަވެސް މެޗު ނިމެމުން ދަނިކޮން ސުޕެއަރ ހަންޓަރސްއަށް ލީޑް ފުޅާކޮށްދިނީ ޓީމުގެ ބިދޭށީ ކުޅުންތެރިޔާ ޖެކްޝަން ޕްރޮސްޕަރ އެޓީމުގެ މާސޭއަށް ދިން ޕާހަކުން،މާސޭ މުޅިން ހުސްކޮލާފަ އޭރިޔާތެރޭގައި ހުރި ތަޖުރިބާކާރު ފޯވަރޑް އާދަމް ލަރީފު ( ރޮނާ )އަށް ބޯޅަ ޖައްސާލި ވަގުތު ރޮނާ ޖެހި ހިތްގައިމު ލަނޑަންނެވެ. މިލަނޑު ރޮނާ ކާމިޔާބު ކޮށްދިނީ މެޗު ނިމެން އެންމެ ތިންމިނެޓަށް ވެފައި ވަނިކޮންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއާއަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް،މާލެ އަތޮޅު ހުރާ ކައުންސިލްގެ ރައީސް އަލްފާޟިލް ޢީސާ އަހުމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ،މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ޓީމަށް ލީޑު ފުޅަކޮށްދިން ސުޕެއަރ ހަންޓަރސްެގެ ޖާރޒީ ނަބަރު 9 އާދަމް ލަރީފު ( ރޮނާ ) އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މިއަދުގެ މެޗުގައި ބައްދަލު ކުރާނީ "ހުރާ ކައުންސިލް ކަޕުގެ" އެންމެ ފަހުގެ ރަނަރަޕް ތަޖުރިބާ ކާރު ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ،ޓީމް ތުރީ ޑީ އާއި "ހުރާ އައްޔަ ފުޓުސަލް ފިއެސްޓަރ" ގެ އެންމެފަހު ޗެންޕިއަން،ވަރަށް ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެެއް ހިމެނޭ ޓީމް ޖޯކާސް އެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރާ ފުޓްބޯޅަ: ސެމީގެ ފުރަތަމަ ޖާގަ ޓީމް ޖޯކާސް ކަށަވަރުކޮށްފިކުޅިވަރު | ދުވަހެއް ކުރިންހުރާ ފުޓްބޯޅަ: ހުރާގެ ތަރިން ހިމެނޭ ސުޕެއަރ ހަންޓަރސް ފެށީ މޮޅަކުންކުޅިވަރު | 2 ދުވަސް ކުރިންހުރާގައި ދިގު މުއްދަތަކަށްފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފިކުޅިވަރު | 3 ދުވަސް ކުރިންހުރާ ކައުންސިލް މަދަޙަ މުބާރާތްގެ ފަޚުރުވެރި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވެސް ''ޒޯނު 2'' އަށްޚަބަރު | 3 މަސް ކުރިން