logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޗަކުން ބަލިނުވެ އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރާ ސްކޫލް ހޯދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ސެޕްޓެމްބަރު 2025 - 10:52
ޗެންޕިއަން ހުރާ ސްކޫލް  ޓްރޮފީ ހަވާލުކޮށްދެނީ، ފޮޓޯ: ވޮލީ ބޯޅަ އެސޯސިއޭޝަން
ޗެންޕިއަން ހުރާ ސްކޫލް ޓްރޮފީ ހަވާލުކޮށްދެނީ، ފޮޓޯ: ވޮލީ ބޯޅަ އެސޯސިއޭޝަން

އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރާ ސްކޫލުން ރެކޯޑަކާއެކު ހޯދައިފިއެވެ.

ވޮލީ ބޯލް އެސޯސިއޭޝަނުން ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ 19 އަހަރުން ދަށުގެ މި ޗެމްޕިއަންކަން ހުރާ ސްކޫލުން ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ހުރިހާ މެޗެއްގައިވެސް މޮޅުވުމުގެ ރެކޯޑަކާއެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ހުރާ ސްކޫލުން ވަނީ ވ. ކެޔޮދޫ ސްކޫލާ ކުރިމަތިލައި، ސީދާ ތިން ސެޓުން މޮޅުވެފައެވެ. މި މެޗުގައި ހުރާ ސްކޫލުން ސެޓުތައް ކާމިޔާބުކުރީ 25-12، 25-21 އަދި 25-15 އިންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ހުރާ ސްކޫލުގެ އައިޝަތު ދީމާ ނަދީމެވެ. އަދި އެންމެ މޮޅު ކޯޗުގެ މަޤާމު ހާސިލުކުރީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ނަދީއެވެ.

photo_2025-09-18_13-37-26.jpg

މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު އަންހެން 6 ކުޅުންތެރިން، މި މުބާރާތުގެ އެންމެ މޮޅު ކޯޗު، ފޮޓޯ: ވޮލީ ބޯޅަ އެސޯސިއޭޝަން

 

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހުރާ ސްކޫލުގެ އައިޝަތު ދީމާ ނަދީމް، މަރިޔަމް ހަމްނާ މުޙައްމަދު، އައިޝަތު ޔުމްނު ޝާހިދު، ފާތުމަތު ނާޔާ ނައުޝާދު އަދި ކެޔޮދޫ ސްކޫލުގެ ފާތުމަތު ޒައިނާ ރަޝީދު، އައިމިނަތު ރައިހާނަތު ފާއިޒު ހިމެނެއެވެ.

މި ކާމިޔާބީއާއެކު ހުރާ ސްކޫލުން ވަނީ އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ރެކޯޑެއް ޤާއިމުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޗަކުން ބަލިނުވެ ރެކޯޑަކާއެކު ހުރާ ސްކޫލް ޗެމްޕިއަންކަން ހޯދައިފިކުޅިވަރު | 4 ގަޑިއިރު ކުރިންހުރާ ފުޓްބޯޅަ: ސެމީގެ ފުރަތަމަ ޖާގަ ޓީމް ޖޯކާސް ކަށަވަރުކޮށްފިކުޅިވަރު | މަހެއް ކުރިންހުރާ ފުޓްބޯޅަ: ހުރާގެ ތަރިން ހިމެނޭ ސުޕެއަރ ހަންޓަރސް ފެށީ މޮޅަކުންކުޅިވަރު | މަހެއް ކުރިންހުރާގައި ދިގު މުއްދަތަކަށްފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފިކުޅިވަރު | މަހެއް ކުރިން