logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހުރާ ފުޓްބޯޅަ މުބާރާތް: ސެމީފައިނަލުގެ ފުރަތަމަ ޖާގަ ޓީމް ޖޯކާސް ކަށަވަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޯގަސްޓު 2025 - 15:09
ޖޯކާސްގެ ޒަޔާން ކައިރިން 3ޑީގެ މާއިޒް ބާރު ހަމަލާއެއް ޖޯކާސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލަނީ،
ޖޯކާސްގެ ޒަޔާން ކައިރިން 3ޑީގެ މާއިޒް ބާރު ހަމަލާއެއް ޖޯކާސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލަނީ،

ކ.ހުރާ ބެލިސިމޯ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން އެރަށުގައި މިހާރު ކުރިޔަށްދާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ މިމުބާރާތުގައި ބައިވެރިވާ އެންމެ ޒުވާން ޓީމްކަމުގައިވާ،ޓީމް ޖޯކާސް ކަށަވަރުކޮށްފިއެވެ.

ހުރާ ރަސްމީ ބޯޅަދަނޑުގައި އިއްޔެ ކުޅު މެޗުގައި ބައްދަލުކުރީ "ހުރާ ކައުންސިލް ކަޕުގެ" އެންމެ ފަހުގެ ރަނަރަޕް ޓީމް، ޓީމް ތުރީ ޑީ އާއި "ހުރާ އައްޔަ ފުޓުސަލް ފިއެސްޓަރ" ގެ އެންމެފަހު ޗެންޕިއަން ޓީމް،ޓީމް ޖޯކާސްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗު ފެށިގެން ދެޓީމުންވެސް ވަރަށް ރީތީ އަވަސް ކުޅުމެއް ކުޅެމުން ދަނިކޮން ޓީމް ޖޯކާސްގެ ފަހަތުން ކުރިޔަ ފޮނުވާލި ބޯޅައެއް މެދުތެރޭގައި ހުރި އެޓީމުގެ މުޙައްމަދު މާހުއަށް ލިބުމާއެކު ކުރިއަށް ދުވެދުވެ އޮތް އަޒޫމުއަށް ޖައްސާލިއެވެ. އެވަގު ޓީމް ތުރީ ޑީގެ ކީޕަރު ހުސެން ސިމާއު ކުރިއަށް ޖެހިލުމާއެކު،ވަގުތުގެ ބޭނުންހިފައި ކީފަރުގެ ބޯމަތިން ބޯޅަ ފޮނުވާލާ އެކެއް ސުމެއްގެ ނަތީޖާއެއްގެ ކުރި އެރުމަކަށް ޓީމް ޖޯކާސް ޖެހިލިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑު ހަސަން އަޒޫމް އަލީ ( ޒޫމް ) އެވެ.

ގޯލު ޖަހާނެ ގިނަ ފުރުޞަތުތަކެއްް ދެޓީމަށް ލިބުނު ނަމަވެސް ، ޓީމް ތުރީ ޑީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ނިމެންކައިރިވެފައި ވަނިކޮން އެޓީމުގެ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ އަޙުމަދު ހުޝާމް އެވެ.ޱ

މި މެޗްގެ މޮޅު ކުޅުންތެރިއާއަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާންނު ހުރާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމުގައިވާ،މިހާރު ރަށުގެ އިޖުތިމާޢީ ގިނަ ކަންތައްތަކުގައި އެހީތެރިވެދެއްވާ އަބުދުލް ވާހިދު ( ވާހިދުބެ ) އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ،ޖޯކާސް ކުޅުނު ދެމެޗުގައިވެސް ރަނގަޅު ކުޅުމެއްދެއްކި އެޓީމުގެ ފޯވާޑު ޖާރޒީ ނަބަރު 19 އަޙުމަދު ޖައުޝާން އަބުދު ﷲ ( ޖައުޅޭ ) އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީމާ އާއި އަޒްކާ ތާރީޚުން ޖާގަ ހޯދައިފިޚަބަރު | 3 މަސް ކުރިންމެޗަކުން ބަލިނުވެ ރެކޯޑަކާއެކު ހުރާ ސްކޫލް ޗެމްޕިއަންކަން ހޯދައިފިކުޅިވަރު | 4 މަސް ކުރިންހުރާ ފުޓްބޯޅަ: ސެމީގެ ފުރަތަމަ ޖާގަ ޓީމް ޖޯކާސް ކަށަވަރުކޮށްފިކުޅިވަރު | 5 މަސް ކުރިންހުރާ ފުޓްބޯޅަ: ހުރާގެ ތަރިން ހިމެނޭ ސުޕެއަރ ހަންޓަރސް ފެށީ މޮޅަކުންކުޅިވަރު | 5 މަސް ކުރިން