logoEN
ޚަބަރު

ކުޅިވަރު އާއިލާއަށް ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ކުޅިވަރު ޤާނޫނަށް މުހިންމު އިސްލާހުތަކެއް

އާމިނަތު ސަފާއާމިނަތު ސަފާ

19 މޭ 2025 - 05:28

10 އަހަރަށް ފަހު ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނު ނަންބަރު 30/2015 (ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިސްލާާޙު ގެނައުމުގެ ބިލު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްުއްލަޠީފް މުޙައްމަދު އެވެ.

މި ބިލު ދިރާސާކުރެއްވުމަށްފަހު ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރު އަދި މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ މި ބިލާ ގުޅޭގޮތުން ކުޅިވަރު ވުޒާރާ އާއި މުހިންމު ގިނަ ފަރާތްތަކާ މަޝްވަރާކުރެވުނުކަމަށާއި، އާއްމުންގެ ޚިޔާލު ހޯދުމަށްވެސް ހުޅުވާލެވުނުކަމަށެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕަބްލިކް ފޯރަމެއްވެސް ބޭއްވުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ފޯރަމުގައި ރާއްޖޭގައި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ޖަމިއްޔާތަކާއި، ކުލަބުތައް އަދި އެކަޑެމީތަކުންވެސް ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާ ފާސްކުރެވުނު އިސްލާހުތަކަކަކީ:

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (1ވަނަ މާއްދާގެ ހ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (5ވަނަ މާއްދާއަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (6ވަނަ މާއްދާގެ ހ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (8ވަނަ މާއްދާގެ ށ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (50ގެ 7ވަނަ މާއްދާ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (49ގެ 2ވަނަ މާއްދާ އަށް ހުށަހެޅުނު އިސްލާހު)

މި އިސްލާހުތައް ކޮމިޓިއަށް ހުށަހެޅުމާއެކު ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފަވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި އިސްލާހުތަކާއެކު، ކުޅިވަރު ގާނޫނުން ރާއްޖޭގެ އެތުލީޓުންނަށް ގިނަ ކަންތައްތަކެއް ފަހިވެގެންދާނެކަމަށް ކުޅިވަރު ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder