logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅުދުންތެރިކަން ހުންނަ 12 ފަރާތެއް ވަޒީފާއަށް ތައްޔާރުވުމުގެ ތަމްރީން ފުރިހަމަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2024 - 08:28
ނުކުޅުދުންތެރިކަން ހުންނަ 12 ފަރާތެއް ވަޒީފާއަށް ތައްޔާރުވުމުގެ ތަމްރީން ފުރިހަމަކޮށްފި

 އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމް 12 ފަރާތަކުން ފުރިހަމަކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ގެ ނަމުގައި ހިންގި މި ޕްރޮގްރާމަކީ 26 ޖޫން އިން 29 އޯގަސްޓް 2024 ގެ ނިޔަލަށް ހިންގި މި ޕްރޮގްރާމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމް ހިންގާފައި ވަނީ އެފަދަ ފަރާތްތައް ފަސް ދާއިރާއަކުން ތަމްރީނުކުރުމަށް އިސްކަން ދީގެންނެވެ. އެ ދާއިރާ ތަކަކީ

  • އިންޑިޕެންޑެންޓް ލައިފް ސްކިލްސް،
  • ސްޕީޗް އެންޑް ލެންގުއޭޖް ވޮކެބިއުލަރީ،
  • އިންފޯރމަލް އެޑިއުކޭޝަން،
  • ލައިފް ސްކިލްސް،
  • ޖޮބް-ރެޑިނަސް ސްކިލްސް

މީގެ ތެރޭގައި ސީވީ ތައްޔާރުކުރާނެ ގޮތާއި ފޯނާއި އީމެއިލްއިން މުޢާމަލާތު ކުރާނެގޮތާއި އިންޓަރވިއުތަކަށް ތައްޔާރުވާނެ ގޮތުގެ އިތުރުން މީހުންނާއި މުއާމަލާތްކޮށް ގުޅުން ބަދަހިކުރާނެ ގޮތާއި އަދި ޢާންމު ދަތުރު ފަތުރުގެ ނިޒާމް ބޭނުންކުރާނެ ގޮތްތައް ފަދަ ކަންކަން ކިޔަވާދީ، ތަމްރީން ދީފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިބުނު ހިތްދަތިކަމަށް ތަސައްލީއެއް: ވަޒީރާއެކު އުފާވެރި ވަގުތުކޮޅެއްޚަބަރު | 3 މަސް ކުރިންމުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަނީޚަބަރު | 7 މަސް ކުރިންކުޑަކުދިންގެ ފޮޓޯ އާއި ވަނަވަރު އާންމު ނުކުރަން އަންގައިފިޚަބަރު | އަހަރެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމަށް މުޅިން އައު ޚިދުމަތެއް ފަށަނީޚަބަރު | އަހަރެއް ކުރިން