logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުގެ ހިލޭ އެހީގައި މާލޭގެ ބޭރު ތޮށި މަރާމާތުކުރަނީ

އަޙްމަދު ޒަލީފް
17 ސެޕްޓެމްބަރު 2024 - 08:33
ޖަޕާނުގެ ހިލޭ އެހީގައި މާލޭގެ ބޭރު ތޮށި މަރާމާތުކުރަނީ

މާލޭގެ ބޭރު ތޮށި މަރާމާތު ކުރުމަށާއި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް ޖަޕާނު ސަރުކާރުން 140،000 ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް" މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕާނީސް ޔެން ނުވަތަ 140،000 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް މި މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިމަޝްރޫޢަކީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫޢެއްކަމަށް ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، ވަޒީރު ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި މުހިންމު ދައުރެއް އަދާކުރިކަން ފާހަގަކުރައްވާފައެވެ.

"މިފަދަ މަޝްރޫޢުތަކުން ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޖަޕާނުން މުހިންމު ދައުރެއް އަދާކުރޭ. މިގޮތުން ތަޢުލީމީ ދާއިރާ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް ހިމެނޭ." ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް ދައުލަތަށް އާމްދަނީ ލިބިއްޖެވިޔަފާރި | 4 ގަޑިއިރު ކުރިންސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފިޚަބަރު | 17 ދުވަސް ކުރިންރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިޚަބަރު | މަހެއް ކުރިންޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިން