logo
E-Platinum
ކުޅިވަރު

ބްރެޒިލްގެ މެތިއަސް ކޫނިޔާ މެންޗެސްޓަރ ޔުނައިޓެޑަށް

އަބްދުﷲ ޣާނިމް
20 މޭ 2025 - 06:59
މަތިއަސް ކޫނިޔާ އަކީ ބްރެޒިލްގެ ސްކޮޑްގައިވެސް މުހިންމު ކުޅުންތެރިއެއް.
މަތިއަސް ކޫނިޔާ އަކީ ބްރެޒިލްގެ ސްކޮޑްގައިވެސް މުހިންމު ކުޅުންތެރިއެއް.

ވޯލްވްސްގެ އެޓޭކިން މިޑްފީލްޑަރ މެތިއަސް ކޫންޔާ މެންޗެސްޓަރ ޔުނައިޓެޑާށް ބަދަލުވުމުގެ އެންމެހައި ކަންކަން ނިމިފައިވާކަމަސް ރިޕޯރޓްތަކުން ބުނަންފަށައިފިއެވެ. އެގޮތުން ކޫނިޔާގެ ރިލީސް ކްލޯސް އަންނަ ހަފްތާގައި ދައްކަން މެންޗެސްޓާ ޔުނައިޓެޑުން ނިންމާފައިވާ ކަމަށް ބުނެވެއެވެ. ވޯލްވްސް އިން މުކުޅުންތެރިޔާ ވިއްކަން ހުށަހަޅާ އަގަކީ 62.5 މިލިއަން ޕައުންޑެވެ.

2023 ވަނަ އަހަރު އެޓްލެޓިކޯ މެޑްރިޑުން ވޯލްވްސްއާ ގުޅުނު ކޫންޔާ ވަނީ މި ސީޒަނުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. ބްރެޒިލްގެ މި ކުޅުންތެރިމިސީޒަނުގައި 17 ލަނޑު ޖަހާފައިވާއިރު، ޖުމްލަ 7 އެސިސްޓް ވަނީ ހަދާފައެވެ. އަދި އޭނާގެ ސޮއި ހޯދުމުގެ ޝައުގުވެރިކަން ޗެލްސީ ފަދަ އެހެން ބޮޑެތި ކްލަބުތަކުން ވެސް ފާޅުކޮށްފައިވެއެވެ.

ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން މި ހަފްތާގައި ކޫންޔާގެ 62.5 މިލިއަން ޕައުންޑު (83.4 މިލިއަން ޑޮލަރު) ގެ ރިލީސް ކްލޯސް ދައްކައި އޭނާގެ ސޮއި ހޯދާނެއެވެ.

ޔުނައިޓެޑަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި އިތުރު ކާމިޔާބީއެއް ހޯދޭނެ ކަމަކަށް ނުބެލެވުނު ނަމަވެސް، އެ ޓީމުން މިހާރު އަމާޒުކުރަނީ މެއި 21 ވަނަ ދުވަހު ބޭއްވޭ ޔޫރަޕާ ލީގު ފައިނަލް ކާމިޔާބުކޮށް، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން ރެކޯޑް އަގެއް ހުށަހަޅައިފިކުޅިވަރު | 6 ގަޑިއިރު ކުރިންއެމީ މާރޓީނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފިކުޅިވަރު | 7 ގަޑިއިރު ކުރިންލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | 2 ދުވަސް ކުރިންކަރޭރާސް ރެއާލް މެޑްރިޑްއަށް ސޮއިކޮށްފިކުޅިވަރު | 2 ދުވަސް ކުރިން