logo
E-Platinum
ކުޅިވަރު

ކަރޭރާސް ރެއާލް މެޑްރިޑްއަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 09:28
ކަރޭރާސް އަކީ މިސީޒަނުގައި ރެއާލް މެޑްރިޑްއަށް ސޮއިކުރި 4 ވަނަ ކުޅުންތެރިޔާ
ކަރޭރާސް އަކީ މިސީޒަނުގައި ރެއާލް މެޑްރިޑްއަށް ސޮއިކުރި 4 ވަނަ ކުޅުންތެރިޔާ

ސްޕެއިންގެ ލެފްޓް-ބެކް އަލްވާރޯ ކަރެރާސްގެ ސޮއިހޯދިކަން ރެއާލް މެޑްރިޑުން ރަސްމީކޮށް އިއުލާން ކޮށްފިއެވެ. 22 އަހަރުގެ ކަރެރާސް އަކީ ބެންފިކާ އާއެކު މިދިޔަ ސީޒަނުގައި މޮޅުކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.

ރެއާލް މެޑްރިޑްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ކަރެރާސް އާއެކު 2031 ވަނަ އަހަރުގެ ޖޫން 30 އާ ހަމައަށް 6 އަހަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ކަރެރާސް އަކީ 2017 އިން 2020 އަށް ރިއަލް މެޑްރިޑްގެ ޔޫތު އެކަޑަމީގައި ތަމްރީން ކުރި ކުޅުންތެރިއެކެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އަންޑަރ-23 ޓީމުގެ 2021-22 ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދުމަށްފަހު، ކަރެރާސް ވަނީ ޖަނަވަރީ 2024 ގައި ބެންފިކާއާ ގުޅިފައެވެ. އަދި މިއަހަރު ކަރޭރާސްވަނީ ބެންފިކާ އާއެކު ޕޯޗުގީޒް ލީގް ކަޕް ވެސް ހޯދާފައެވެ.

ކަރެރާސް ރަސްމީކޮށް ތައާރަފުކުރުން އޮންނާނީ މާދަމާ (އަންގާރަ) މެންދުރު ސްޕެއިންގެ ގަޑިން 1:00 ގައެވެ. ތައާރަފުގެ ކުރިން، ރިއަލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރެޒް ވާނީ ކަރެރާސް އަށް މަރުހަބާ ކިޔައި، ރަސްމީ ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާނެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންކަރޭރާސް ރެއާލް މެޑްރިޑްއަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންއާސެނަލް އަންނަނީ މޮސްކުއެރާ ސޮއި ހޯދުމަށް މަސައްކަތްކުރަނީކުޅިވަރު | 2 ދުވަސް ކުރިންގްޔޯކެރޭސް އާރސެނަލް އަށް ބަދަލުވުމަށް މެޑިކަލް ހަދަނީ، މިއީ ފަހުގެ ތާރީޚެއްގައި އާރސެނަލް އިން ހަދާ އެންމެ ބޮޑު ޓްރާންސްފަރކުޅިވަރު | 2 ދުވަސް ކުރިން