އާސެނަލް އިން މޮސްކުއެރާ ސޮއި ހޯދުމަށް މަސައްކަތްކުރަނީ
14 ޖުލައި 2025 - 09:28

އާރސެނަލް އިން ވެލެންސިއާގެ ޑިފެންޑަރު ކްރިސްޓިއަން މޮސްކުއެރާ ސޮއިކުރުމަށް މަސައްކަތް ކުރަމުންގެންދާކަމަށް ޓްރާންސްފަރ މާކެޓް ދިރާސާކުރާ އެންމެ އިތުބާރު ހިފޭ އެއް މަސްދަތުކަމަށްވާ އެތްލެޓިކްގެ ނޫސްވެރިޔާ ޑޭވިޑް އޯންސްޓީން ހާމަކޮށްފިއެވެ.
އޯންސްޓީން ހާމަކުރި ގޮތުގައި 21 އަހަރުގެ ޑިފެންޑަރާއެކު މިހާރު އެއްބަސްވުމަކަށް ވަނީ ވާސިލްވެފައެވެ. އަދި ދެ ކްލަބުގެ މެދުގައި ވެސް އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ސީޒަނަށްފަހު ޑިފެންސް ވަރުގަދަކުރުމަކީ އާސެނަލްގެ އާރސެނަލް އިން ވަރަށް މުހިންމުކަމެއް ދޭކަމެއްކަމަށް އެތްލެޓިކްއިން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މޮސްކުއެރާގެސޮއިހޯދުމަށް އާރސެނަލް އިން މަސައްކަތްކުރާތާ މިހާރު ދުވަސްކޮޅެއް ވެފައިވާކަންވެސް މިނޫހުން ވަނީ ހާމަކޮށްފައެވެ.
ސްޕެއިންގެ އަންޑަރ 21 ޓީމަށް ކުޅެމުންދާ މޮސްކުއެރާ މި ސީޒަނުގައި ވެލެންސިއާއަށް 24 މެޗު ކުޅެ، އޭގެ ތެރެއިން 22 މެޗުގައި ފުރަތަމަ 11ގެ ތެރޭގައި ހިމެނިފައިވެއެވެ. އޭނާއަކީ ވެލެންސިއާގެ އެކަޑަމީން އުފެދިފައިވާ ކުޅުންތެރިއެކެވެ.

-01.jpg&w=3840&q=75)
