ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭ 300 އެއްހާ މަޝްރޫއުގައި ސޮއިކުރަނީ


20 މޭ 2025 - 17:46
ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި 300 އެއްހާ މަޝްރޫޢުގައި ސޮއިކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މ. މުލި އެއަރޕޯޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މި ސަރުކާރާ ހަވ ހަވާލުވިއިރު އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް އަލުން ފެށުމަށް މިހާރު ވަނީ ހުރިހާ ކަމެއް ނިންމިފައިކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 390 މަޝްރޫޢެއް ފެށުމަށް އެކި ކުންފުނިތަކާއެކު މިހާރުވެސް ވަނީ ސޮއިކުރެވިފައިކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ސަރުކާރުން މި އަހަރުގެ ތެރޭގައި ސޮއިކޮށްފައި ވާނެ. އެއީ، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ ތެރެއިން ކުރާ މަސައްކަތް. އެއީ، ސަރުކާރު ޙިއްޞާވާ ކުންފުނިތައް," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތްތައް އަވަހަށް ފެށުމަށްޓަކައި ސަރުކާރުގެ ހުރިހާ އިދާރާތަކާއެކު ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރަމުންދެއެވެ. މިގޮތުން، ކޮންމެ ހަފްތާ ހަފްތާއަކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައި، ހުރިހާ ފަރާތްތަކެއް އެކުގައި މި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"މި ދަންނަވަން އުޅޭ ވާހަކައަކީ، މި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދޭ ޔަޤީންކަމަކީ، މިގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެފައި ހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި އަޅުގަނޑުމެން ވަރަށް ސަމާލުކަން އެބަދެމޭ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ސޮއިކުރެވިފައިވާ 390 މަޝްރޫޢުގެ އިތުރުން، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިތުރު 300 އެއްހާ މަޝްރޫޢުގައި ސޮއިކުރެވޭނެއެވެ. މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރއަށް ހުޅުވާލާ މަޝްރޫޢުތައްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"700 ނޫނީ 800 އެއްހާ މަޝްރޫޢު، މިދިޔަ ފެބުރުވަރީން ފެށިގެން ކުރިއަށް މި އޮތް ދެ މަހާ އެއްކޮށްލައިފިއްޔާ، ގާތްގަނޑަކަށް ހަތަރު ފަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ހަވާލުކުރަނީ އެކި ކުންފުނިތަކާ. ބާރު ސްޕީޑްގައި މަސައްކަތްތައް ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމުމަށްޓަކައި.'' ރައީސް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
10 މަސް ކުރިން