އުމުރުން 30 އަހަރުގެ މީހަކު 50 ވަނަ ފަހަރަށް ބަންދުކޮށްފި


20 މޭ 2025 - 18:01
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން 30 އަހަރުގެ މީހަކު އިއްޔެ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދު ކޮށްފައި ވަނީ ގދ. ތިނަދޫ ސްކޫނާ، އަލީ ޝަމްމާހު ވަހީދެވެ.
ކޯޓު އަމުރުން އެނގުނު ގޮތުގައި މިއީ އޭނާ ބަންދުކުރެވުނު 50 ވަނަ ފަހަރެވެ.
ކްރިމިނަލް ކޯޓުން އަލީ ޝަމްމާހު 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި އެ ތަކެތި ގެންގުޅުމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގައި އަލީ ޝަމްމާހުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާ ގުޅޭ ގޮތުން ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާކަން އެނގެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާއިރު، ސަރުކާރުން ދަނީ މިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން މަސްތުވާތަކެތީގެ ޤާނޫނަށް ގިނަ އިސްލާހްތަކެއް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ބިލުވެސް މިހާރު ވަނީ މަޖިލީހަށް ވައްދާފައެެވެ.
އިތުރު ލިޔުންތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
9 މަސް ކުރިން
ބޮކްސާ ތެރެއިން ޑްރަގް ފެނުނު މައްސަލައިގައި އުމުރު ދުވަހުގެ ޖަލު އަދަބެއް
9 މަސް ކުރިން
އިންޓަރޕޯލް ރެޑްނޯޓިސް ނެރެގެން ގެނައި އެކަކު ދޫވެއްޖެ
8 މަސް ކުރިން