logo
ކުޅިވަރު

ކުޅިވަރާއިބެހޭ ވަޒީރު ލިވަރޕޫލްގެ އިސްވަފުދާ ބައްދަލުކުރައްވައިފި

އަބްދުﷲ ޣާނިމް
21 މޭ 2025 - 06:30
ލިވަރޕޫލުގެ އިސްއޮފިޝަލުން ކުޅިވަރާބެހޭ ވަޒީރާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްއެމްޕީއާރުސީ
ލިވަރޕޫލުގެ އިސްއޮފިޝަލުން ކުޅިވަރާބެހޭ ވަޒީރާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްއެމްޕީއާރުސީ

މިހާރު ރާއްޖެއަށް ޒިޔާރަތް ކުރަމުންގެންދާ ލިވަރޕޫލްގެ އިސް އޮފިޝަލުންނާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ރާއްޖޭގައި ލިވަޕޫލް ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މީގެ އިތުރުން ރާއްޖޭގެ ކޫލިވަރު ކުރިއެރުވުމާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

ލިވަޕޫލް އެފްސީގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރ ހިމެނޭ ވަފުދެއް މިވަގުތު ދަނީ ރާއްޖޭގައި ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެމްއެމްޕީއާރްސީގެ އިސްވެރިންނާއެކު ވެސް ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި މާޗު 13 ވަނަ ދުވަހު ވަނީ ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސާފައެވެ. މި އެއްބަސްވުމަކީ ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެއްބަސްވުމެކެވެ. އަދި މި ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ 3 އޭޕްރީލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައެވެ.

އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ލިވަޕޫލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން އަންނަ މަހު ލިވަޕޫލުގެ ކުޅުންތެރިން ހިމެނޭ ކޮންޓެންޓް ބޭނުންކޮށްގެން ބައިނަލްއަގްވާމީ ކެމްޕޭނެއް ފެށުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތުލީޓުންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ތަމްރީނު ފުރުސަތުތައް ހޯދުމާއި، ރާއްޖެއާއި އިނގިރޭސިވިލާތުގައި އެތުލީޓުން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެމްއެމްޕީއާރްސީން ބުނެފައިވަނީ ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ މި ޒިޔާރަތަކީ ގުޅުންތައް ބަދަހިކުރުމަށާއި ދެފަރާތުން ގުޅިގެން އެއްބާރުލުންދެވޭނެ ފުރުސަތުތައް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ޝޫޓިން މުބާރާތް ފަށައިފިކުޅިވަރު | 6 ދުވަސް ކުރިން71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރަން އެޗްޑީސީއާ ހަވާލުކޮށްފިޚަބަރު | 16 ދުވަސް ކުރިންވަޒީރު ރާފިޢު، ނައިފަރު އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިކުޅިވަރު | މަހެއް ކުރިންމަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | މަހެއް ކުރިން