logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގައުމީ ޝޫޓިން މުބާރާތް ފަށައިފި

ނުހާ އަޙްމަދު
29 އޯގަސްޓު 2025 - 13:28
ފޮޓޯ--// ކުޅިވަރާ ބެހޭ ވުޒާރާ
ފޮޓޯ--// ކުޅިވަރާ ބެހޭ ވުޒާރާ

ގައުމީ ޝޫޓިން ޗެމްޕިއަންޝިޕް މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފަށާފައިވަނީ ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލް އެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހަމަދު ސައީދު އާއި ޝޫޓިންގ އެސޯސިއޭޝަންގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ޝޫޓިން ކުރިއަރުވައި، މިކުޅިވަރުން ޒުވާން އެތުލީޓުން އުފެއްދުމުގެ މަގުސަދުގައި މި މުބާރާތް ބާއްވާއިރު، އާންމުންނަށްވެސް ހުޅުވާލައިގެން މި މުބާރާތް ކުރިއަށްގެންދާ މިއީ ދެވަނަ އަހަރެވެ.

މި މުބާރާތުގައި ހަތަރު ކެޓެގަރީއެއްގައި ޝޫޓަރުން ވާދަކުރާނެއެވެ. އެއީ ގައުމީ ޓީމުގައި ހިމެނޭ ޝޫޓަރުންނާއި ކުރިން ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮފެޝަނަލް ކެޓެގަރީ އާއި، 12 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އޯޕަން ކެޓެގަރީ އާއި، 16 އަހަރާއި 21 އަހަރާ ދެމެދަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޖޫނިއަރ ކެޓެގަރީގެ އިތުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ޔޫތު ކެޓެގަރީއެވެ.

މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފަވާއިރު، އެ މުބާރާތް ވެގެންގޮސްފައިވަނީ ބޮޑު ތަރުހީބެއް ލިބުނު މުބާރާތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި 400 ވަރަކަށް ޝޫޓަރުން ބައިވެރިވި ނަމަވެސް، ޖާގައިގެ ދަތިކަމާހުރެ މުބާރާތުން ފުރުސަތުދީފައިވަނީ 370 އެތުލީޓުންނަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 4 ދުވަސް ކުރިންކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފިކުޅިވަރު | 16 ދުވަސް ކުރިން18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށްޚަބަރު | 16 ދުވަސް ކުރިން12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 22 ދުވަސް ކުރިން