ނިކޯ ވިލިއަމްސްގެ ސޮއި ހޯދުމުގެ މަސައްކަތް ރެއަލް މެޑްރިޑް މަސައްކަތް ފަށައިފި

ނިކޯ ވިލިއަމްސް އަނީ ސްޕެނިޝް ޤައުމީ ޓީމުގައިވެސް މުހިންމު ކުޅުންތެރިއެއް

21 މޭ 2025 - 09:48
އެތްލެޓިކް ބިލްބާއޯގެ ސްޕެނިޝް އެޓޭކަރ ނިކޯ ވިލިއަމްސް ސޮއި ހޯދުމުގެ މަސައްކަތް ރެއަލް މެޑްރިޑުން ފަށައިފިއެވެ. ނިކޯ ވިލިއަމްސްގެ ސޮއި ހޯދުމަށް މިދިޔަ ސީޒަނުގައި ބާސެލޯނާއިން ގިނަމަސައްކަތްތަކެއް ކުރިނަމަވެސް ފަހުވަގުތު ނިކޯ ވަނީ ބިލްބާއޯގައި މަޑުކުރަން ނިންމާފައެވެ.
ވިލިއަމްސް ގެ ސޮއި ހޯދުމުގެ މަސައްކަތް ރެއާލް މެޑްރިޑުން ކުރަންފެށީ ބާސެލޯނާއިން އޭނާ ގެނައުމަށް މިހާޜު ޝައުޤުވެރިކަމެއް ނެތްކަން މީގެ ދެދުވަސްކުރިން ބާސެލޯނާގެ ރައީސް ހާމަކޮށްފައިވާ ދަނޑިވަޅެެއްގައެވެ.
ބާސެލޯނާގެ ރައީސް ޖުއާން ލަޕޯޓާ ޓީވީ3 އަށް ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، "އޭނާއަކީ މިދިޔަ އަހަރު އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެއް. އަޅުގަނޑުމެން ދާނީ އޮލްމޯ އަދި ނިކޯ ވަޒަންކުރަމުން. އޭނާއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް، ނަމަވެސް މިވަގުތު އަޅުގަނޑުމެން އެހެން އޮޕްޝަންތަކެއް ބަލަމުން މި ގެންދަނީ."
ސްޕެނިޝް ނޫސް "މާކާ" އިން ހާމަކުރި ގޮތުގައި، ރެއަލް މެޑްރިޑުން ވިލިއަމްސްގެ ރިލީޒް ކްލޯޒް އެކްޓިވޭޓް ކުރުމަށް ވިސްނަމުންދެއެވެ. މިކަން ފަބްރީޒިއޯ ރޮމާނޯވެސް ވަނީ ރިޕޯރޓް ކޮށްފައެވެ. މިދިޔަ އަހަރު އޭނާ އެތްލެޓިކް ބިލްބާއޯއާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އޭނާގެ ރިލީޒް ކްލޯޒްގެ އަގަކީ 58 މިލިއަން ޔޫރޯއެވެ.
ބާސެލޯނާއިން ވިލިއަމްސްއަށް ދޭ ޝައުގުވެރިކަން ކުޑަވެފައިވީ ނަމަވެސް، މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް ރެއަލް މެޑްރިޑަށް އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލްއާ ވާދަކުރަން ޖެހިދާނެއެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
7 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
7 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
7 މަސް ކުރިން