logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލް ފުޓްބޯލް އެކެޑަމީއެއް ރާއްޖޭގައި ޤާއިމްކުރުމަށް މަޝްވަރާތަކެއް

އާމިނަތު ޝަފާ
22 މޭ 2025 - 09:10
ލިވަޕޫލް ފުޓްބޯލް އެކެޑަމީއެއް ރާއްޖޭގައި ޤާއިމްކުރުމަށް މަޝްވަރާތަކެއް

ލިވަޕޫލް ފުޓްބޯލް އެކެޑަމީއެއް ރާއްޖޭގައި ޤާއިމްކުރުމާ ގުޅޭގޮތުން ލިވަޕޫލްގެ މެނޭޖްމަންޓުގެ އިސްވެރިންނާއިއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ލިވަޕޫލް ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސާއާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރގެ ގޮތުގައި ރާއްޖެ ހަމަޖައްސައި ޚާއްސަ ކެމްޕެއިނެއް ލޯންޗުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ލިވަޕޫލުން އަންނަނީ އެކުލަބުގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަމުންނެވެ.

ކުޅީވަރު ވުޒާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އެމްއެމްފީއާރްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ އާއި އެމްއެމްޕީއާރްސީގެ ޗެއާމަން އަބްދުﷲ ގިޔާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން ލިވަޕޫލްގެ އެކަޑެމީއެއް ރާއްޖޭގައި ގާއިމްކުރުމަށް މިވަގުތަށް ކުރެވޭނެ މަސައްކަތްތަކާއި، ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ ގުޅޭ މައުލޫމާތުވެސް ވަޒީރު ވަނީ ލިވަޕޫލްގެ މަންދޫބުންނާ ހިއްސާކުރައްވާފައެވެ.

ރާއްޖެ އާއި ލިވަޕޫލް އެފްސީ އާއި ދެމެދު ވެފައިވާ ތާރީހީ އެއްބަސްވުމާއި އެކު ރާއްޖެ ލިވަޕޫލްގެ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައި 3 އޭފްރީލް 2025 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ސްޕޯޓްސް އެވޯޑު އަންނަ މަހު ބާއްވަނީކުޅިވަރު | 3 މަސް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 6 މަސް ކުރިންކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފިކުޅިވަރު | 6 މަސް ކުރިން18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށްޚަބަރު | 6 މަސް ކުރިން