ފަގީރުން މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


22 މޭ 2025 - 09:15
ދިވެހިރާއްޖޭގައި ފަޤީރުކަން މަދުކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް މުއައްސިސުންނާ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓްރީގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ފުދުންތެރިކަން ދަށް ޢާއިލާތަކަށް ނުވަތަ ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެނީ:
އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން
އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން
މި ޕްރޮގްރާމަކީ ދިވެހި މުޖުތަމަޢުގައި ތިބި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއްކަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު މި ވުޒާރާއިން މިހާރުވެސް ގާތުން މަސައްކަތްކުރަމުންދާއިރު، މި ވުޒާރާއާއެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ބަދަލުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ވެސް އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.
އިތުރު ލިޔުންތައް

ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި
10 މަސް ކުރިން
އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަން ނެތުން
7 މަސް ކުރިން
މަމްސް އެއިޑްއާއެކު މުޙިއްމު އެއްބަސްވުމެއް: ނާޒުކު އާއިލާތަކަށް އެހީވާނެ
7 މަސް ކުރިން