ޔަހޫދީންގެ ހަމަލާތަކުގައި ކުށެއްނެތް 16،000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި


22 މޭ 2025 - 11:09
އޮކްޓޯބަރު މަހުން ފެށިގެން މިއަދާ ހަމައަށް ޔަހޫދީންގެ ހަމަލާތަކުގައި 16،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކުޑަކުދިންގެ އަދަދު 16,500 ވަނީ އަރާފައެވެ.
މި ކުދިންގެ ތެރެއިން އެއް އަހަރުވެސް ނުފުރޭ 916 ކުއްޖަކާއި، އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ 4,365 ކުއްޖަކު ހިމެނެއެވެ. އަދި 6 އަހަރާއި 12 އަހަރާ ދެމެދުގެ 6,101 ކުއްޖަކާއި، 13 އަހަރާއި 17 އަހަރާ ދެމެދުގެ 5,124 ކުއްޖަކު ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ގެދޮރު ދޫކޮށް ރައްކާތެރިހެން ހީވާ ސަރަހައްދުތަކަަށް ހިޖުރަކުރަކުރަމުންދާއިރު ކުޑަކުދިންނަށް މި ހާލަތުގެ ސަބަބުން ވަރަށް ބޮޑެތި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބެމުންދާކަން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.
ޣައްޒާގައި ހިނގަމުންދާ އުދުވާނުގެ ސަބަބުން ކޮންމެ 45 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުކޮށްލާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފަލަސްތީނުގެ އާބާދީގެ 43 އިންސައްތައަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. މީގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި 3.4 މިލިއަން އަދި ޣައްޒާގައި 2.1 މިލިއަން ކުޑަކުދިން ދިރިއުޅެމުން ގެންދެއެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
9 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
9 މަސް ކުރިން
އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފި
9 މަސް ކުރިން