logo
Bank of Maldives

Bank of Maldives

ޚަބަރު

އިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު - އީސީގެ ރައީސް

އަޙްމަދު ޒަލީފް
22 މޭ 2025 - 12:13
އިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު - އީސީގެ ރައީސް

ރާއްޖޭގައި ބާއްވާ އިންތިހާބު ތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކަމަށާއި، މި އިންތިހާބު ތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އިންތިހާބު ތަކެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޒާހިދު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އެކޮމިޝަންގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކޮމިޝަނަކީ ޒިންމާދާރު މަސައްކަތްތަކެއް ހަރުދަނާކަމާއެކު ކުރަމުން އަންނަ މުއައްސަސާއެއްކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިފައިވާ އިންތިޚާބުތަކެއް ކަމަށާއި އެއީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭފަދަ އިންތިޚާބުތަކެއް ކަމަށެވެ.

"ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެން އިންތިޚާބު އޮންނަ ދުވަހު އެމީހަކު އަމިއްލައަށްގޮސް ވޯޓުލާން އެ އޮންނަ މާހައުލާއި އޭނާލާ ވޯޓާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ ނެރުމާއި މި ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް އަޅުގަނޑުމެން ނުގެންނާނަން،" އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ މަލްޓިޕާޓީ ނިޒާމެއްގައި ޑިމޮކްރެޓިކް ވެއްޓެއްގައި މަސައްކަތް ކުރުމަށްޓަކައި އެ މާހައުލު ޤާއިމުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށް ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރުމަށް އިތުރު އިސްކަމެއް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރުމަށް އިތުރު އެއްދުވަސް ދީފިޚަބަރު | 2 މަސް ކުރިންއިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު - އީސީގެ ރައީސް ޚަބަރު | 6 މަސް ކުރިންއެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި ޚަބަރު | 10 މަސް ކުރިންސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުޚަބަރު | 10 މަސް ކުރިން