logo
ޚަބަރު

ބޭރުގެ ޑިޕްލޮމެޓުންގެ ވަފުދަށް ޔަހޫދީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
22 މޭ 2025 - 16:27
ބޭރުގެ ޑިޕްލޮމެޓުންގެ ވަފުދަށް ޔަހޫދީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ބަޑިޖަހައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކެނެޑާ، އިޓަލީ، ބެލްޖިއަމް، އިނގިރޭސިވިލާތް އަދި އެހެނިހެން ގައުމުތަކުގެ ޑިޕްލޮމެޓުންގެ ވަފުދަށް އިސްރާއީލުން ހަމަލާދީފައިވަނީ ޖެނިން ރެފިއުޖީ ކޭމްޕުގެ ހާލަތު ބެލުމަށް ފަލަސްތީނުން ދިން ދައުވަތަކަށް އެސަރަހައްދަށް ދަތުރުކުރަމުން ދަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ދިވެހި ހާރިޖިއްޔާއިން ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުޞޫލުތަކާއި ހިލާފަށް ހިންގި މި އަމަލަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި، މިއީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރެވެންޖެހޭ ކަމެއްކަމަށެވެ.

 

އަދި އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފުކަމެއްކަމަށާއި، ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތަކެއްކަން ސަރުކާރުން ވަނި ފާހަގަކޮށްފައެވެ.

 

އަދި އިސްރާއީލްގެ މި އަމަލުތައް، ކުށްވެރިކޮށް، ބައިނަލްއަޤްވާމީ މުޖުތަމައުން، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާއި ޑިޕްލޮމެޓިކް އުޞޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ސަރުކާރުންވަނީ ގޮވާލާފައެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީ، ސްޕެއިން އަދި ފްރާންސްއިން ވަނީ އިސްރާއީލުގެ ސަފީރުން ހާޒިރުކޮށް މައްސަލަ ސާފުކުރުމަށް އެދިފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ވަނީ މި ހާދިސާ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިލިޕީންސް އަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފިޚަބަރު | 17 ދުވަސް ކުރިންލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | މަހެއް ކުރިން އިސްލާމީ ގައުމުތަކުގެ މުހިންމު މައްސަލަތަކާއި މެދު މަޝްވަރާކުރާ، އޯއައިސީގެ ބައްދަލުވުމުގައި ހާއިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި ޚަބަރު | 2 މަސް ކުރިން