logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މާލެ ސަރަހައްދަށް ތަޢާރަފުކުރާ ޓްރާންސްޕޯޓް މާސްޓާރ ޕްލޭނާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

އާމިނަތު ޝަފާ
22 މޭ 2025 - 16:50
މާލެ ސަރަހައްދަށް ތަޢާރަފުކުރާ ޓްރާންސްޕޯޓް މާސްޓާރ ޕްލޭނާ ގުޅޭ  ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ހިންގާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯރޓް މަޝްރޫއުގެ ދަށުން އެކުލަވާލަމުންދާ އިންޓަގްރޭޓެޑް ޓްރާންސްޕޯރޓް މާސްޓާރ ޕްލޭނަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ރިވިއު ކޮށް ފައިނަލައިޒް ކުރުމަށް، ބައްދަލުވުމެއް ބާއްވައިފިއެެވެ.

މާލެ ސަރަޙައްދަށް ޙާއްޞަކޮށްގެން އެކުލަވާލާ މި ޕްލޭންގެ މައިގަނޑު މަޤްސަދަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޕްލޭން ކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ކަމާ ގުޅުންހުރި  އެކި އިދާރާތައް ހިމެނޭހެން 25 މުއައްސަސާއަކުން ބައިވެރިވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ފާއިޒް ވަނީ، ވައި ނުސާފުވުމާއި މޫސުމީ ބަދަލުތަކަށް ކުރާ އަސަރު ކުޑަކުރުމުގައި ދަތުރުފަތުރުގެ ދާއިރާ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަން ފާހަގަކުރައްވާ، ރާއްޖޭގައި މިވަގުތު ލިބެންހުރި ވަޞީލަތްތަކުގެ އިތުރުން އާ ޓެކްނޯލޮޖީ ތަޢާރަފްކޮށް، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.

އަދި މި މަޝްރޫއުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކަމާ ބެހޭ މުއައްސަސާތަކުން މެދުނުކެނޑި ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑައިވް ސައިޓްތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންމިއަހަރުގެ އޯޒޯން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮއްފި ޚަބަރު | 6 މަސް ކުރިން