ކުލަބު ވޯލްޑްކަޕަށްފަހު ރެއާލް ދޫކޮށްލަން މޮޑްރިޗް ނިންމައިފި
23 މޭ 2025 - 05:04

ރެއަލް މެޑްރިޑްގެ ކެޕްޓަން އަދި ލެޖެންޑް ލޫކާ މޮޑްރިޗް ކްލަބް ވޯލްޑް ކަޕަށްފަހު ޓީމް ދޫކޮށްލާނެ ކަމަށް ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ. ކްރޮއޭޝިއާގެ ކެޕްޓަން ރެއާލް ޖޯޒީގައި ސަންޓިއާގޯ ބަރނަބިއުގައި އޭނާގެ އެންމެ ފަހު މެޗު ކުޅޭނީ ހޮނިހިރު ދުވަހު ރެއަލް ސޮސިއެޑާޑް އާއި ދެކޮޅަށެވެ.
މޮޑްރިޗް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި "ލޮބުވެތި ރެއަލް މެޑްރިޑް ސަޕޯޓަރުން: ވަގުތު އައިސްފި. މިއީ އަހަރެން ބޭނުންވި ވަގުތެއް ނޫން، އެކަމަކު މިއީ ފުޓްބޯޅަ އަދި ދިރިއުޅުން، ހުރިހާ އެއްޗެއްގެވެސް ފެށުމަކާއި ނިމުމެއް އޮވޭ..." މިފަދައިން ލިޔެފައެވެ.

Ad by Hajj Corporation
2012 ވަނަ އަހަރު ޓޮޓެންހަމްއިން ރެއަލް މެޑްރިޑަށް ބަދަލުވި މޮޑްރިޗް، 2025 ގައި ކްލަބް ދޫކޮށްލާއިރު އޭނާއަކީ ދުނިޔޭގެ މިވަގުތުގައި އެންމެ ކާމިޔާބު ކުލަބުގެ އެންމެ ގިނަ ޓްރޮފޯ ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 6 ޗެމްޕިއަންސް ލީގް، 6 ކްލަބް ވޯލްޑް ކަޕް، 5 ޔޫރަޕިއަން ސުޕަރ ކަޕް، 4 ލީގް، 2 ކިންގްސް ކަޕް އަދި 5 ސްޕެނިޝް ސުޕަރ ކަޕް ހިމެނޭ ޖުމްލަ 28 މުބާރާތް ކާމިޔާބުކޮށްފައެވެ.
2018 ވަނަ އަހަރު ބެލަން ޑި'އޯރް ކާމިޔާބުކުރި މޮޑްރިޗް، ފެރެންކް ޕުސްކާސް (39 އަހަރާއި 40 ދުވަސް) ގެ ރެކޯޑް ފަހަނައަޅާ، ރެއަލް މެޑްރިޑަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑްވެސް ހަދާފައިވެއެވެ. އަދި އެންމެ ދުވަސްވީ ގޯލު ޖަހާ ކުޅުންތެރިޔާގެ ރެކޯޑްވެސް އޭނާގެ ނަމުގައި ވެއެވެ. މޮޑްރިޗްވަނީ 2018 ވަނަ އަހަރުގައި ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފައެވެ.
ޖޫން 14 އިން ޖުލައި 13 އަށް އެމެރިކާގައި ބޭއްވޭ ކްލަބް ވޯލްޑް ކަޕަށްފަހު މޮޑްރިޗްގެ ރެއަލް މެޑްރިޑްގެ ދަތުރު ނިމުމަކަށް އަންނާނެއެވެ. ނަމަވެސް، ސެޕްޓެމްބަރުގައި 40 އަހަރު ފުރުނު ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއަށް ކުޅުމަކީ މޮޑްރިޗްގެ ހުވަފެނެކެވެ.


