އަންނަ ހޯމަދުވަހު ރެއާލްގެ ކޯޗުކަމާ ޒަބީ އެލަންސޯ ހަވާލުވަނީ

ޒަބީ އެލަންސޯ ރެއާލް ގެ ކޯޗުކަމާއި ހަވާލުވާން ވަނީ ނިންމާފައި

23 މޭ 2025 - 05:14
ރިއަލް މެޑްރިޑުން މޭ 26 ވާ ހޯމަ ދުވަހު ޒާބީ އަލޮންސޯ ޓީމުގެ އައު ކޯޗަކަށް އިއުލާނު ކުރާނެ ކަމަށް ސްޕެއިންގެ ނޫސް "މާކާ" އިން ވަނީ ހާމަކޮށްފައެވެ.
ސްޕެއިންގެ ކޯޗު އަލޮންސޯ ވަގުތުން މަސައްކަތް ފަށައި، ކާލޯ އަންޗެލޮޓީގެ ބަދަލުގައި ކްލަބް ވޯލްޑް ކަޕަށް ރިއަލް މެޑްރިޑް ތައްޔާރު ކުރަން ފަށާނެއެވެ. ކުލަބު ވޯލްޑް ކަޕް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގައެވެ.
އަލޮންސޯ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ. ފުރަތަމަ ޓީމުގެ ބައެއް ކުޅުންތެރިން ދޫކޮށްލަން ނިންމާފައިވާތީ، ޓީމު ވަރުގަދަ ކުރުމަށް ލޯސް ރެއާލް އިން ހޭދަތަކެއް ކުރާނެ ކަމަށްވެސް ބެލެވެއެވެ. އެގޮތުން މިހާރުވެސް ސްޕެއިންގެ ޑިފެންޑަރ ޑީން ހައުސެން ގެ ސޮއި ހޯދާފައިވާއިރު، ލިވަރޕޫލްގެ އާނޯލްޑްވެސް ޓީމާއި ގުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިތުރު ޑިފެންޑަރަކާއި މެދުތެރެއިން ކުޅޭ އެއް ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ކުލަބުން ނިންމާފައިވާކަމަށް ރިޕޯޓްތައް ލިބެއެވެ.
އަލޮންސޯގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ސެބަސް ޕަރީލާ، އަލްބަޓޯ އެންސިނަސް އަދި އިސްމާއިލް ކަމެންފޯޓެ ލޯޕެޒް މަސައްކަތް ކުރާނެއެވެ. އަދި އެންޓޯނިއޯ ޕިންޓަސް އަލޮންސޯގެ ދަށުންވެސް ފުރަތަމަ ޓީމުގެ ފިޓްނެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ.
ރިއަލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު އަލޮންސޯ މިހާރު ކޯޗުކަން ކުރަމުންދަނީ ބުންޑެސްލީގާގެ ބަޔަރ ލެވަކޫސެންގައެވެ. އޭނާގެ ކޯޗިންގ ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ އަލޮންސޯ، އަކީ ރެއާލް އަދި ލިވަރޕޫލްގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
7 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
7 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
7 މަސް ކުރިން