logo
E-Platinum
ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުން އެޑިޑަސްއަށް 10 މިލިއަން ޕައުންޑު ދައްކަން ޖެހިއްޖެ

އަބްދުﷲ ޣާނިމް
23 މޭ 2025 - 05:26
ފައިނަލުން ބަލިވުމަށްފަހު ކޯޗު ކުޅުންތެރިންނާއެކު.
ފައިނަލުން ބަލިވުމަށްފަހު ކޯޗު ކުޅުންތެރިންނާއެކު.

ޔޫރަޕާ ލީގު ފައިނަލުން ބަލިވުމާ ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑަށް ވިދިވިދިގެން ދެވަނަ ސީޒަނަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ. ޔުނައިޓެޑުގެ ޖޯޒީ ސްޕޮންސަރ އެޑިޑާސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން އެޑިޑަސްއަށް ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ.

އެޑިޑަސްއާއެކު ވެފައިވާ ކިޓް އެއްބަސްވުމުގެ ދަށުން، ރެޑް ޑެވިލްސް ކޮންމެ ސީޒަނެއްގައިވެސް ޔޫރަޕުގެ އެންމެ މަތީ ފަންތީގެ މުބާރާތުގައި ވާދަކުރަން ޖެހެއެވެ. ނަމަވެސް ލީގުގައި ކުލަބުން ދައްކަމުންދާ ދަށް ކުޅުމާއި ޔޫރަޕާ ލީގު ފައިނަލުން ޓޮޓެންހަމް ހޮޓްސްޕަރއަށް ބަލިވުމާ ގުޅިގެން ވިދިވިދިގެން ދެވަނަ އަހަރު ޗެމްޕިއަންސް ލީގު ނުކުޅެވުމުގެ ސަބަބުން ކުލަބުން އެޑިޑާސް އަށް ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ. އެގޮތުން ޔުނައިޓެޑުން އެޑިޑަސްއަށް 10 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. މިއީ ދަނޑުމަތީގައި ދިމާވަމުންދާ ހުރަސްތަކާއެކު ކުލަބުގެ މާލީ ދަތިތައް އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ.

އިނގިރޭސި އެންމެ ކާމިޔާޞު ކުލާބު އަދި ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކުލަބުގެ ފަރާތުން ފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ޔުނައިޓެޑް އެންމެ ފަހުން ޔޫރަޕުގެ މުބާރާތެއްގައި ވާދަނުކޮށް ހުރީ 2014/15 ވަނަ ސީޒަނުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމީ މާރޓީނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފިކުޅިވަރު | 8 ގަޑިއިރު ކުރިންމެންޗެސްޓަރ ޔުނައިޓެޑުގެ ފަސް ކޫލުންތެރިޔަކު ކުލަބު ދޫކޮށްލަންބޭނުންވާކަން އަންގައިފިކުޅިވަރު | 11 ދުވަސް ކުރިންޕްރީމިއަރ ލީގު 2025/26 މެޗްޑޭ އެކެއްގައި އާރސެނަލް އާއި ޔުނައިޑެޓް ވާދަކުރަނީކުޅިވަރު | މަހެއް ކުރިންމެންޗެސްޓަރ ޔުނައިޓެޑުން 10 ކުޅުންތެރިން ދޫކޮށްލަން ނިންމައި އެކަން އިޢުލާންކޮށްފިކުޅިވަރު | މަހެއް ކުރިން