logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުން 10 ކުޅުންތެރިން ދޫކޮށްލަން ނިންމައި އެކަން އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
9 ޖޫން 2025 - 15:21
މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ކުޅުންވަނީ ބޮޑުތަނުން ދަށްވެ، ޓީމުގެ އާމްދަނީ ދަށްވުމާއެކު ޚަރަދުކުޑަކުރަން މަޖުބޫރުވެފައި
މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ކުޅުންވަނީ ބޮޑުތަނުން ދަށްވެ، ޓީމުގެ އާމްދަނީ ދަށްވުމާއެކު ޚަރަދުކުޑަކުރަން މަޖުބޫރުވެފައި

މެންޗެސްޓަރ ޔުނައިޓެޑުން ބޮޑު ބަދަލުތަކެއް ގެނައުމުގެ ގޮތުން 10 ކުޅުންތެރިން ދޫކޮށްލާނެ ކަމަށް އިއުލާނުކޮށްފިއެވެ. މީގެ ތެރޭގައި ކްރިސްޓިއަން އެރިކްސެން، ޖޮނީ އެވަންސް އަދި ވިކްޓަރ ލިންޑެލޮފް ފަދަ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެއެވެ.

2017 ވަނަ އަހަރު ބެންފިކާއިން ޔުނައިޓެޑާ ގުޅުނު ލިންޑެލޮފް ވަނީ ކްލަބަށް 284 މެޗު ކުޅެ، އެފްއޭ ކަޕާއި ލީގު ކަޕް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ޖޮނީ އެވަންސްގެ ދެވަނަ ދައުރު ނިމުމަކަށް އައުމާއެކު، އޭނާ ވަނީ ޖުމްލަ 241 މެޗު ޔުނައިޓެޑަށް ކުޅެދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2021 ވަނަ އަހަރުގެ ޔޫރޯގައި ހިތުގެ މައްސަލައެއް ދިމާވުމަށްފަހު އަނބުރާ ދަނޑަށް އައި އެރިކްސެން، 2022 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނެވެ. އޭނާ ވަނީ ކްލަބަށް 108 މެޗު ކުޅެ، 8 ލަނޑު ޖަހައި، 19 އެސިސްޓް ދީފައެވެ.

ތަޖުރިބާކާރު ގޯލްކީޕަރު ޓޮމް ހީޓަންއާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ކްލަބުން ބުނެފައިވެއެވެ. އަދި ޒުވާން ކުޅުންތެރިންގެ ތެރެއިން ހިއުބަރޓް ގްރަޒިކް، ޖެކް ކިންގްޑަން، ސެމް މަރޭ، ޓޮމް މައިލްސް، ޖޭމްސް ނޯލަން އަދި ޓޮމް ވޫސްޓަރ ވެސް ދޫކޮށްލާ ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ.

މި ކުޅުންތެރިން ދޫކޮށްލުމާ ގުޅޭ ގޮތުން ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކަޑަމީގެ ހުރިހާ އުމުރުފުރައެއްގެ ޒުވާން ކުޅުންތެރިންނަށް ފަޚުރުވެރިވާ ކަމަށާއި، އެ ކުދިންނަށް އައު ކްލަބުތަކާ ގުޅުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ ކުދިންނަކީ އަބަދުވެސް މެންޗެސްޓަރ ޔުނައިޓެޑްގެ ބައެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޔުނައިޑެޓުން ދޫކޮށްލަން ނިންމި ކުޅުންތެރިން:

  • ކްރިސްޓިއަން އެރިކްސަން
  • ޖޮނީ އެވަންސް
  • ހޫބާރޓް ގްރަޗިކް
  • ޓޮމް ހީތަން
  • ޖެކް ކިންގްޑޮން
  • ވިކްޓަރ ލިންޑެލޮފް
  • ސަމް މުރޭ
  • ޓޮމް މައިލްސް
  • ޖޭމްސް ނޯލަން
  • ޓޮމް ވޫސްޓަރ
Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުން ކެނޑުމާއެކު ޔުނައިޓެޑުން ގެނައި ކުނިކޮތަޅު އަނބުރާ ފޮނުވާލަން ނިންމައިފިކުޅިވަރު | ދުވަހެއް ކުރިންބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | ދުވަހެއް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 5 ދުވަސް ކުރިން