logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕްރީމިއަރ ލީގު 25/26 މެޗްޑޭ އެކެއްގައި އާރސެނަލް އާއި ޔުނައިޑެޓް ވާދަކުރަނީ

އަބްދުﷲ ޣާނިމް
18 ޖޫން 2025 - 11:30
މިދިޔަ ސީޒަނުގައި އާރސެނަލް އާއި ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަލް ޖަޒީރާ
މިދިޔަ ސީޒަނުގައި އާރސެނަލް އާއި ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އަލް ޖަޒީރާ

އިނގިރޭސި ޕްރިމިއަރ ލީގުގެ 2025-2026 ސީޒަނުގެ ފުރަތަމަ ހަފްތާގައި މެންޗެސްޓަރ ޔުނައިޓެޑް އާއި އާސެނަލް ބައްދަލުކުރަން ހަމަޖެހިއްޖެއެވެ.

ފާއިތުވި ސީޒަން ނިމުނުތާ މަހެއްހާ ދުވަސް ވެފައިވަނިކޮށް، ބުދަ ދުވަހު ޕްރިމިއަރ ލީގުން ވަނީ އައު ސީޒަނުގެ މެޗު ތާވަލު އިއުލާނުކޮށްފައެވެ. ޕެޕް ގުއާޑިއޯލާގެ ދަށުން ހަވަނަ ޕްރިމިއަރ ލީގު ތަށި ހޯދުމަށް މަސައްކަތްކުރާ މެންޗެސްޓަރ ސިޓީން އޮގަސްޓް 16 ވަނަ ދުވަހު ވޯލްވަރހެމްޕްޓަން ވޯންޑަރާސްއާ ބައްދަލުކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާނެ ސްލޮޓްގެ ޗެމްޕިއަން ޓީމު އޮގަސްޓު 15 ގައި ބޯންމައުތް އާއި ވަދަކުރަން ހަމަޖެހިފައިވާއިރު، ދެވަނަ ހަފްތާގައި ނިއުކާސަލްއާ ބައްދަލުކުރުމަށްފަހު، ޗެމްޕިއަންސް ލީގުގައި ވާދަކުރާ އަނެއް ޓީމް، އާސެނަލްއާ ބައްދަލުކުރާނެއެވެ. ވޭތުވެދިޔަ ތިން ސީޒަނުގައިވެސް ރަނަރަޕް އަށް ދިޔަ އާސެނަލްގެ ފުރަތަމަ ހަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް، ލިވަޕޫލް، މެންޗެސްޓަރ ސިޓީ އަދި ނިއުކާސަލްއާ ބައްދަލުކުރާނެއެވެ.

GttiXiRXEAAQuGp.jpeg

ޕްރީމިއަރ ލީގުގެ މެޗްޑޭ 1 ގެ ތާވަލު

 

އެވަރޓަންގެ ގިނަ ދުވަސްވީ ހޯމް ގްރައުންޑް، ގުޑިސަން ޕާކާ ވަކިވުމަށްފަހު، އެ ޓީމުގެ އައު 53،000 ކެޕޭސިޓީގެ ސްޓޭޑިއަމް، ބްރެމްލީ-މޫރ ޑޮކްގައި ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 23 ވަނަ ދުވަހު ބްރައިޓަންއާ ބައްދަލުކުރާނެއެވެ.

ޓޮޓެންހެމްގެ އައު ކޯޗު ތޯމަސް ފްރޭންކްގެ ފުރަތަމަ ޕްރިމިއަރ ލީގު މެޗުގައި އޮގަސްޓް 16 ވަނަ ދުވަހު ބަރންލީއާ ބައްދަލުކުރާނެއެވެ. އެއީ ޔޫރަޕާ ލީގު ޗެމްޕިއަން ޓޮޓެންހެމް، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީއާއެކު ޔޫއެފާ ސުޕަރ ކަޕުގައި ކުޅުމަށްފަހު ތިން ދުވަސް ފަހުންނެވެ. 2016-2017 ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގަށް އައި ސަންޑަލޭންޑުން ވެސްޓްހެމްއާ ބައްދަލުކުރާއިރު، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި އައި ލީޑްސް ފުރަތަމަ މެޗުގައި އެވަރޓަންއާ ބައްދަލުކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގާ ގާތަށް ޖެހިލައިފިކުޅިވަރު | 2 ދުވަސް ކުރިންޕްރިމިއާ ލީގު ކާމިޔާބުކުރިތާ 10 އަހަރު ފަހުން ލެސްޓާ ސިޓީ ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެކުޅިވަރު | 9 ދުވަސް ކުރިންވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއި ގާތަށްކުޅިވަރު | 11 ދުވަސް ކުރިންއޮކަފޯގެ ދެ ގޯލާއެކު 45 އަހަރުފަހުން ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ލީޑްސް މޮޅުވެއްޖެކުޅިވަރު | 16 ދުވަސް ކުރިން