logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުގެ ފަސް ކުޅުންތެރިޔަކު ކުލަބު ދޫކޮށްލަންބޭނުންވާކަން އަންގައިފި

އަބްދުﷲ ޣާނިމް
5 ޖުލައި 2025 - 07:07
ކުލަބު ދޫކޮށްލަން ބޭނުންވާ ފަސް ކުޅުންތެރިން - ފޮޓޯ: އެކެސް
ކުލަބު ދޫކޮށްލަން ބޭނުންވާ ފަސް ކުޅުންތެރިން - ފޮޓޯ: އެކެސް

މެންޗެސްޓަރ ޔުނައިޓެޑުގެ ފަސް ކުޅުންތެރިން މި އަހަރުގެ ސަމަރ ޓްރާންސްފަރ މާކެޓްގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އަންގައިފިއެވެ. މިގޮތުން މާކަސް ރަޝްފޯޑް، އަލެހާންޑްރޯ ގަރްނާޗޯ، ޖޭޑަން ސަންޗޯ، އެންޓޮނީ އަދި ޓައިރެލް މަލާސިއާ ހިމެނެއެވެ.

ގިނަ މަސްދަރުތަކުން ހާމަކުރި ގޮތުގައި، މި ކުޅުންތެރިންނަށް ޕްރީ ސީޒަނަށް ރިޕޯޓުކުރުމަށް އިތުރު ވަގުތު ދިނުމަށް ކުލަބުން ނިންމާފައިވެއެވެ. މިއީ އެ ކުޅުންތެރިންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް ދެވޭ ފުރުސަތެއް ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑުން ވަނީ މި ކުޅުންތެރިން ވިއްކާލުމަށް ވޭތުވެދިޔަ ހަފްތާތަކުގައި މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިހާރު މި ކުޅުންތެރިން އަމިއްލައަށް ދާން ބޭނުންވާކަން އެންގުމާ ގުޅިގެން، އެ ކުޅުންތެރިންގެ މަގާމުތައް ހިފެހެއްޓުމަށް ކުލަބުން މަސައްކަތެއް ނުކުރާނެ ކަމަށް މަސްދަރުތަކުން ހާމަކުރެއެވެ.

މި ކުޅުންތެރިންގެ ތެރެއިން ރަޝްފޯޑަކީ ޔުނައިޓެޑުގެ އެކަޑަމީން ކުރިއަރައި އައިސްފައިވާ ކޫލުންތެރިއެކެވެ. ރަޝްފޯޑު މިދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން އެސްޓަންވިލާއަށް ކުޅުނުނަމަވެސް، މިހާރު ބާސެލޯނާއިން ރަޝްފޯޑުގެ ސޮއި ހޯދުމަށް ޝަޢުޤުވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން 100 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން 2021 ވަނަ އަހަރު ޔުނައިޓެޑުން ސޮއި ހޯދި ސަންޗޯ ނިމިދިޔަ ސީޒަނުގައި ހޭދަކުރީ ޗެލްސީގައެވެ. ނަމަވެސް ޗެލްސީއިން ސަންޗޯ އިތުރަށް ބޭނުންނުވާކަމަށްބުނެ އަނބުރާ ޔުނައިޓެޑަށް ވަނީ ފޮނުވާލާފައެވެ. އިޓަލީގެ ކުލަބުތަކުން ސަންޗޯގެ ސޮއިހޯދުމަށް ޝަޢިޤުވެރިވެފައިވާއިރު، ޔުނައިޓެޑުން ސަންޗޯއަށްދޭ ބޮޑު މުސާރާއިގެ ސަބަބުން ކުލަބުންވެސް އޭނާ އިތުރަށް ބަހަށްޓަން ބޭނުމެއް ނުވެއެވެ.

100 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ޔުނައިޓެޑުން ގެނައި އެންތޮނީވެސް މިދިޔަ ސީޒަނުގައި ލޯނުކުޅުންތެރިއެއްގެ ގޮތުގައި ރެއާލް ބެޓިސްގައި ކުޅެފައިވާއިރު، ކުލަބުންވެސް އިތުރަށް އެންތޮނީ ބަހަށްޓަން ބޭނުމެއް ނުވެއެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިޔާ ގަރްނާޗޯ އަދި މަލާސިއާވެސް ކުލަބު ދޫކޮށްލަން ބޭނުންވާކަން ކުކަބަށް އަންގާފައެވެ.

ނިމިދިޔަ ސީޒަން ލީގުގެ 15 ވަނައިގައި ޔުނައިޓެޑު ނިންމާލާފައިވާިއިރު، މިއީ ޔުނައިޓެޑުގެ ތާރީޚުގައި ޕްރީމިއަރ ލީގުގައި ހޯދި އެންމެ ދަށް ނަތީޖާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސެމީރޯ މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލާނެކަން އިޢުލާނުކޮށްފިކުޅިވަރު | 19 ގަޑިއިރު ކުރިންސިޓީ ސައިޒަށް ކަނޑައި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލްފެ ސަޕޯޓަރުންނަށާް އުފާވެރިކަން ގެނެސްދީފިކުޅިވަރު | 6 ދުވަސް ކުރިންސީޒަން ނިމެންދެން މެންޗެސްޓާ ޔުނައިޓެޑްގެ އިންޓަރިމް ކޯޗަކަށް މައިކަލް ކެރިކް ހަމަޖައްސައިފިކުޅިވަރު | 10 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 12 ދުވަސް ކުރިން