ރޮޑްރީގޯގެ ސޮއި ހޯދުމަށް އާރސެނަލްއިން މަސައްކަތް ކުރަނީ

ރޮޑްރީގޯ ރެއާލް ދޫކޮށްލާފާނެކަމަށް ރިޕޯރޓްައް ބުނޭ

23 މޭ 2025 - 05:43
ރިއަލް މެޑްރިޑްގެ ބްރެޒިލިއަން ތަރި ރޮޑްރީގޯގެ ސޮއި ހޯދުމުގެ މަސައްކަތް އާސެނަލް އިން ފަށައިފައެވެ. ސްކައި ސްޕޯޓްސްގެ ރިޕޯޓަރު ފްލޯރިއަން ޕްލެޓެންބާގް ބުނީ އާސެނަލްގެ އެޓޭކިންއަށް ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ރޮޑްރީގޯ އެންމެ މަތީގައި ހިމެނޭ ކަމަށެވެ.
މި މައްސަލައިގައި ހުރިހާ ފަރާތްތަކާއެކު މަޝްވަރާތައް ވަނީ ފެށިފައިވާ ކަމަށް ޕްލެޓެންބާގް ހާމަކުރިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އާސެނަލްގެ މެނޭޖަރު މިކެލް އަރޓެޓާ ވެސް ވަނީ ވާހަކަދައްކާފައެވެ.
"ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން ބޭނުންވާނަމަ، މާކެޓުގައި އެންމެ މޮޅު ކުޅުންތެރިން ގެންނަން ޖެހޭނެ،" ރޮޑްރީގޯ އާއި ގުޅޭގޮތުން ސުވާލުކުރުމުން އަރޓެޓާ ބުންޏެވެ.
"އަޅުގަނޑުމެން ޖެހޭނީ ގޯލާއި، ކްރިއޭޓިވިޓީއާއި، ނަންބަރުތައް އިތުރުކުރަން. އެކަން ކުރަން ޖެހޭނީ ތަފާތު ޕޮޒިޝަންތަކުގައި،" އޭނާ އިތުރަށް ބުންޏެވެ.
ރޮޑްރީގޯ ދޫކޮށްލުމަށް ރިއަލް މެޑްރިޑުން ޝަރުތުކޮށްފައިވަނީ 100 މިލިއަން ޔޫރޯއެވެ. އަދި ރޮޑްރީގޯ ދޫކޮށްލައިފިނަމަ، އޭނާގެ ބަދަލުގައި އެތްލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ގެނައުމަށް ރިއަލް މެޑްރިޑުން ވިސްނާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެއެވެ.
23 އަހަރުގެ ރޮޑްރީގޯ އަކީ ރިއަލް މެޑްރިޑްގެ އެޓޭކިންގ ލައިންގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އަދި އޭނާވަނީ ރެއާލް ޖޯޒީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރެއާލް ޖޯޒީގައި އޭނާ ވަނީ ދެ ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
އިތުރު ލިޔުންތައް

"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
7 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
7 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ނިއުކާސަލް އިން އާސެނަލް ހަމަބިމަށް ތިރިކޮށްފި
7 މަސް ކުރިން