logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރޯން އަރުވައިގެން ހައްޔަރުކުރި ނޫސްވެރިޔާއަށް ފުލުހުން އަނިޔާކުރިކަމަށް މިހާތަނަށް ފާހަގަވެފައެއް ނުވޭ: ފުލުހުން

ޑްރޯން އަރުވައިގެން ހައްޔަރުކުރި ނޫސްވެރިޔާއަށް ފުލުހުން އަނިޔާކުރިކަމަށް މިހާތަނަށް ފާހަގަވެފައެއް ނުވޭ: ފުލުހުން

ހުޅުމާލޭ ފޭސް2 ގައި ޑްރޯން އެރުވިމީހަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހައްޔަރުކުމުގައި ފުލުހުން އަނިޔާކުރިމަށް ތުހުމަތުކުރާ މައްސަލަ މިހާތަނަށް ބެލިބެލުމުން، އެފަދަކަމެއް ހިނގާފައިވާކަމަށް ނުބެލެވޭކަމަށް ފުލުހުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިމަހު 22 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް2 ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކުޑްރޯން އަރުވާތީ ހުއްދަ އޮތްތޯ އެސަރަހައްދު ގައި ހަރަކާތްތެރިވި ފުލުހުން އެމީހާ އާ ސުވާލުކުރުމުން މައިލޫމާތުދިނުމަށާއި އަދި ހުއްދަ ދައްކަން ނުޖެހޭނެކަމަށް ބުނެ ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން އަށް އެމީހާ ގެނެވި ސުވާލުކުރެވިފައިވާކަމަށާއި އަދި ޑްރޯން އެރުވުމުގެ ހުއްދަނެތި ޑްރޯން އެރުވުމުން ނަސޭހަތްރެރި ވެފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުުން ވަނީ ބުނެފައެވެ.

އެނގިފައިވާގޮތުގައި، މިމައްސަލައަކީ ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި ކަމަށް ސޯޝަލްމީޑިއާގައި ހިއްސާކޯށްފައިވާ ޕޯސްޓަކަާިއ ގުޅިގެން ފެންމަތިވި މައްސަލައެވެ. އެކަން ހިނގާ ދިޔަ ގޮތް އެނޫސްވެރިޔާ ވަނީ ފޭސްބުކް ސްޓޭޓަސްގައި ޖަހާފައެވެ.

ހުޅުމާލެ ހިޔާ އަވަަށުގައި ޑްރޯނެއް އަރުވަން ހުއްޓާ ފުލުހުން އެ ސަރަހައްދަށް އައިސް ހުތުރު ބަހުން މުއާމާލަތް ކުރި ކަމަށާ އަދި ޕޮލިސް ސްޓޭޝަންގެ މެސް ރޫމަށް ގެންގޮސް އަނިޔާ ކުރި ކަމަށް ނޫސްވެރިިޔާ ތުހުމަތު ކޮށްފައިވެ އެވެ. އޭނާ އަކީ ނޫސްވެރި އަކަށް ވީތީ ހުތުރު ބަހުން މުއާމަލާތްކޮށް އަނިޔާ ކުރަން ޖެހޭ ކަމަށް އެ ފުލުހުން ބުނެފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ތަރުޖަމާން ކަމުން ޝިފާން ވަކިކޮށް، އާރިފް އައްޔަން ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންއެންދަމަން ފޭބި މީހަކު ނިޔާވެއްޖެޚަބަރު | 9 ގަޑިއިރު ކުރިންކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ ބިރު ދެއްކި މައްސަލައެއްޚަބަރު | 2 ދުވަސް ކުރިން