logo
E-Platinum
ކުޅިވަރު

ސަންޑަރލޭންޑް 8 އަހަރުފަހުން އެނބުރި ޕްރީމިއަރ ލީގަށް

އަބްދުﷲ ޣާނިމް
25 މޭ 2025 - 03:52
ރޭގައި ވެމްބްލީގައި ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސަންޑަރލޭންޑް
ރޭގައި ވެމްބްލީގައި ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސަންޑަރލޭންޑް

އިނގިރޭސި ޗެންޕިއަންޝިޕް ޕްލޭ އޮފް ފައިނަލްގައި ޝެފީލްޑް ޔުނައިޓެޑް 2-1 އިން ބަލިކޮށް، ސަންޑަރލޭންޑް 8 އަހަރު ފަހުން ޕްރީމިއަރ ލީގުގެ ޖާގައެއް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގުސްޓަވޯ ހަމަރުގެ ޕާހަކާއެކު ޓައިރީސް ކެމްބެލް ވަނީ ޝެފީލްޑް ޔުނައިޓެޑަށް ލީޑް ހޯދައިދީފައެވެ. އޭގެ 8 މިނެޓް ފަހުން ހެރިސަން ބަރޯސްގެ ވޮލީއަކުން ޝެފީލްޑްގެ ލީޑް އިތުރުކުރި ނަމަވެސް، ވީއޭއާރުން އެ ލަނޑު ބާތިލްކުރިއެވެ.

މެޗުގެ ފަހު ކުއާޓަރުގައި ޕެޓްރިކް ރޮބަޓްސްގެ ފުންޕާހަކާއެކު އެލިއެޒަރ މަޔެންޑާ ވަނީ ސަންޑަރލޭންޑަށް އެއްވަރުކޮށްދީފައެވެ. އިތުރުވަގުތާ ހަމައަށް ދިއުމުގެ ކުރިން، މެޗުގެ އިތުރުވަގުތުގައި 19 އަހަރުގެ ޓޮމް ވޯޓްސަން ވަނީ ޕެނަލްޓީ އޭރިއާއިން ބޭރުން ޖެހި ވަރުގަދަ ޝޮޓަކުން ސަންޑަރލޭންޑަށް މޮޅުވުމުގެ ލަނޑު ޖަހައިދީފައެވެ.

ރެޖިސް ލޭ ބްރިސްގެ ޓީމު ސަންޑަރލޭންޑް އެންމެ ފަހުން ޕްރީމިއަރ ލީގުގައި ކުޅުނީ 2016/17 ވަނަ އަހަރުގެ ސީޒަނުގައެވެ. އެއަށްފަހު 8 އަހަރު ވަންދެން ޗެމްޕިއަންޝިޕްގައި ހޭދަކުރުމަށްފަހު މިއަދު ވަނީ އިނގިރޭސި ފުޓުބޯޅައިގެ އެންމެ މަތީ ޑިވިޜަނަށް ނެގުމަށް ކާމިޔާބުކޮށްފައެވެ.

ސަންޑަރލޭންޑްގެ އިތުރުން ލީޑްސް އާއި ބާރންލީ ވަނީ އިނގިރޭސި ޕްރީމިއަރ ލީގަށް ކޮލިފައިވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސިޓީ ޖޫރިމަނާ ކޮށްފިކުޅިވަރު | މަހެއް ކުރިންޕްރީމިއަރ ލީގު 2025/26 މެޗްޑޭ އެކެއްގައި އާރސެނަލް އާއި ޔުނައިޑެޓް ވާދަކުރަނީކުޅިވަރު | މަހެއް ކުރިންސަންޑަރލޭންޑް 8 އަހަރުފަހުން އެނބުރި ޕްރީމިއަރ ލީގަށްކުޅިވަރު | 2 މަސް ކުރިންޑި ބްރޫނާ އިއްތިހާދުގައި އެންމެ ފަހު މެޗު ކުޅުނުއިރު، ރޮޑްރީ 7 މަސްފަހުން ކުޅުމުގެ ތެރެއަށްކުޅިވަރު | 2 މަސް ކުރިން