logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

ޑި ބްރޫނާ އިއްތިހާދުގައި އެންމެ ފަހު މެޗު ކުޅުނުއިރު، ރޮޑްރީ 7 މަސްފަހުން ކުޅުމުގެ ތެރެއަށް

އަބްދުﷲ ޣާނިމް
21 މޭ 2025 - 03:44
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: މެންޗެސްޓަރ ސިޓީ
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: މެންޗެސްޓަރ ސިޓީ

މެންޗެސްޓަރ ސިޓީ ބޯންމަތު އާ ކުޅުނު މެޗުން 3-1 އިން މޮޅުވެ، ޕްރިމިއަރ ލީގުގެ ތިންވަނަ އަށް އަރައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ކެވިން ޑި ބްރޫނާ އިއްތިހާދުކުޅޭނެ އެންމެ ފަހުމެޗެވެ. ސީޒަން ނިމުމަށްފަހު ސިޓީ ދޫކޮށްލާކަން ޑި ބްރޫނާ މީގެކުރިން ވަނީ ހާމަކޮށްފައެވެ. ޑި ބްރޫނާ ދަނީ އަދި ކޮންކްލަބަކަށްކަން އަދި ހާމަކޮށްފައި ނުވާއިރު، އަންނަ ސީޒަނުގައި ސަޢޫދީގެ ޓީމަކުން ޑެބްރޫނާ ފެނުން ގާތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މެޗުގައި މިސީޒަނުގެ ބޮޑު ބައެއްގައި އޭސީއެލް އަނިޔާގައި ހުރި ރޮޑްރީ އަނިޔާއިން ސަލާމަތްވެ، 240 ދުވަސްފަހުން ކުޅުމުގެ ތެރެއަށް އަނބުރާ ވަނީ ނިކުމެފައެވެ.

ދެޓީމަސްވެސް ދެވަނަ ހާފުގައި ރަތްޚާޑު ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ސިޓީގެ މިސްރުގެ ފޯވާޑް އޮމަރ މަރްމޫޝްއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަނާޑޯ ސިލްވާ ސިޓީގެ ދެވަނަ ލަނޑު ޖެހިއެވެ.

ސިޓީގެ ފަހުގޯލު ކާމިޔާބުކޮށްދިނީ މިދިޔަ ޖަވަނަރީގައި ސިޓީއާއި ގުޅުނު ނިކޯ ގޮންޒާލެޒް އެވެ. މިއީ ސިޓީގެ ޖޯޒީގައި އޭނާޖެހި ފުރަތަމަ ގޯލެވެ. މެޗުގެ ފަހުވަގުތުގައި ބޯންމައުތުް އިންވެސް ވަނީ ގޯލެއް ޖަހާފައެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-1 އިންނެވެ. މިސީޒަނުގައި އާދަޔާ ޚިލާފު ދަށްނަތީޖާތަކެއް ހޯދި ސިޓީއިން ސީޒަން ހުސްއަތާ ނިންމާލިއިރު، އަންނަ ސީޒަނުގައި ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމަކީ ޓީމުގެ މިހާރުގެ އެންމެ ބޮޑު އަމާޒެވެ. ރޭޣެ މޮޅާއެކު ޕްރީމިއަރ ލީގުގެ އެންމެ ފަހުމެޗަށް ސިޓީ ނިކުންނައިރު އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ސިޓީއަށް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 5 ދުވަސް ކުރިންތަށި އުފުލާ އުފުލާ ވަރުބަލިވެ، ސިޓީއިން އާސެނަލަށް ލީގު ހަދިޔާކުރަނީކުޅިވަރު | 12 ދުވަސް ކުރިންސިޓީ މަޑުމަޑުން އައިސް އާސެނަލްގެ ކަރުގައި ހިފަނީ، ބާކީ ދެޕޮއިންޓްކުޅިވަރު | 23 ދުވަސް ކުރިންފުލަމް ބަލިކޮށް މެންޗެސްޓަރ ސިޓީން އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިކުޅިވަރު | މަހެއް ކުރިން