logo
ކުޅިވަރު

މެންޗެސްޓަރ ސިޓީ ޖޫރިމަނާ ކޮށްފި

އަބްދުﷲ ޣާނިމް
20 ޖޫން 2025 - 04:38
މެންޗެސްޓަރ ސިޓީ ވަނީ މިދިޔަ ސީޒަނުގައި ތަކުރާރުކޮށް ލަހުން ދަނޑަށް ކުޅެން ނިކުމެފައި
މެންޗެސްޓަރ ސިޓީ ވަނީ މިދިޔަ ސީޒަނުގައި ތަކުރާރުކޮށް ލަހުން ދަނޑަށް ކުޅެން ނިކުމެފައި

ޕްރިމިއަރ ލީގުގެ ގަވާއިދު އެލް.33 އާ ޚިލާފުވުމުގެ ސަބަބުން މެންޗެސްޓަރ ސިޓީއަށް 1.08 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ކޮށްފިއެވެ. މިއީ ފާއިތުވި ސީޒަނުގައި 9 މެޗެއްގައި ޖުމްލަ 18 މިނެޓާއި 53 ސިކުންތު މެޗު ފެށުމާއި، ދެވަނަ ހާފުގައި އަލުން ފެށުމުގައި ލަސްވުމުގެ ސަބަބުން ކުރެވުނު ޖޫރިމަނާއެކެވެ.

މި ޖޫރިމަނާތަކަކީ ޕްރިމިއަރ ލީގާއި މެންޗެސްޓަރ ސިޓީއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރެވުނު ޖޫރިމަނާތަކެކެވެ. އަދި ކްލަބުން މިކަމަށް މަޢާފަށް އެދި، ކުޅުންތެރިންނާއި މުވައްޒަފުންނަށް ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ހަނދާންކޮށްދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރޭގައި އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި 210,000 ޕައުންޑުގެ ޖޫރިމަނާއެއް ކޮށްފައިވަނީ ޖެނުއަރީ 19 ގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި 2 މިނެޓާއި 22 ސިކުންތު ލަސްވުމުގެ ސަބަބުންނެވެ. އަދި އެންމެ ކުޑަ ޖޫރިމަނާއެއްގެ ގޮތުގައި 40,000 ޕައުންޑުގެ ޖޫރިމަނާއެއް ކޮށްފައިވަނީ އޮކްޓޯބަރ 26 ގައި ސަދަމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި 2 މިނެޓާއި 10 ސިކުންތު ލަސްވުމުގެ ސަބަބުންނެވެ.

މިއީ މެންޗެސްޓަރ ސިޓީއަށް މިފަދަ ޖޫރިމަނާއެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވިސީޒަނުގައިވެސް މިފަދަ ކަންކަމާ ގުޅިގެން 2.09 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.

ޕްރިމިއަރ ލީގުން ބުނެފައިވަނީ މުބާރާތުގެ ޕްރޮފެޝަނަލް މިންގަނޑު ހިފެހެއްޓުމަށާއި، ބްރޯޑްކާސްޓް ޝެޑިއުލްތައް ހިފެހެއްޓުމަށްޓަކައި މުބާރާތިގައި ހެދިފައިވާ ޤަވާއިދު ތަކަށް ޓީމުތަކުން ބޯލެނބުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 7 ދުވަސް ކުރިންކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 7 ދުވަސް ކުރިންވީއޭއާރުގެ މަދަދާއެކު ޗެލްސީ ކުރިޔަށް، ގަރނަޗޯ ބްރިޖްގައި ހެވިފައިކުޅިވަރު | 8 ދުވަސް ކުރިންޕެނަލްޓީ ޖަހައިގެންވެސް ޔުނައިޓެޑް އާސެނަލްގެ ހިޔަނިން ސަލާމަތް ނުވެވުނުކުޅިވަރު | 14 ދުވަސް ކުރިން