logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ކުޅިވަރު

ސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށް

އަބްދުﷲ ޣާނިމް
31 އޯގަސްޓު 2025 - 17:27
ސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށް

ސެޓްޕީސް އެންމެ ގިނަ ގޯލުޖަހައިގެން މިދިޔަ ތިން ސީޒަނުގައި ޔޫރަޕުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ފަޚުރު ހޯދާފައިވާ އާސެނަލް ހިލޭ ޖެހުމަކުން ބަލިވެއްޖެއެވެ. މިދިޔަ އަހަރުގެ ޕްރީމިއަރ ލީގު ޗެންޕިއަން ލިވަޕޫލާއި ދެކޮޅަށް ލިވަޕޫލު ދަނޑުގައި ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 އިންނެވެ.

400 މިލިޔަން ޑޮަލަރާއެކު ޓްރާންސްފާ މާކެޓްގައި ޔޫރަޕުގެ އެންމެ ބޮޑު ޚަރަދެއްކުރި އާސެނަލް އިން މިރޭގެ މެޗަށް ކުރިމަތިލީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ސަކާ އަނިޔާގެ ސަބަބުން ފުރަތަމަ 11 ގައި ނުހިމަނައެވެ. ލޮނުމަޑު ކުޅުމެއް ދެޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައިވެސް ދެޓީމަށް ގޯލުޖަހާކަށް މާކަށް ގިނަ ފުރުސަތުތަކެއް ނުލިބުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ 30 ޔާޑު ދުރުން ލިބުނު ހިލޭޖެހުމަަކުން ސަބޮޒްލައި އެވެ. މިރޭގެ މެޗުގައި ލިވަޕޫލުގެ ފުރަތަމަ 11 ގައި މިސީޒަނުގައި އެޓީމާ އަލަށް ގުޅުނު ކުޅުންތެރިންކަމަށްވާ ކާކޭޒް އާއި ވާރޓްޒްގެ އިތުރުން އެކިޓިކެ ހިމެނިފައިވާއިރު، އާސެނަލްގެ ޓީމުންވެސް މި ޓްރާންސްފާގައި އަލަށް ސޮއިކުރުވި 4 ކުޅުންތެރިން ހިމެނިފައިވެއެވެ. އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެޓީމާ އަލަށް ގުޅުނު އެޒޭ ވެސް ވަނީ ފެނިގެން ގޮސްފައެވެ. މިރޭ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މިސީޒަނުގައި ލިވަޕޫލާއި އަލަށް ގުޅުނު ރައިޓްބެކް ޕްރިމްޕޮންގް އަށް އަނިޔާވެފައިވުމުން، އެތަނަށް ސަބޮޒްލައި ކުޅުވުމެވެ.

މިރޭގެ މެޗާއެކު އާސެނަލް 3 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތްއިރު، ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންޑޯނީ އިރައޯލާ ލިވަޕޫލްގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކުރަނީކުޅިވަރު | 2 ދުވަސް ކުރިންދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 7 ދުވަސް ކުރިންމުޅި ރާއްޖެ ސިއްސުވާލާވަރުގެ ރެކޯޑް ޕެރޭޑްއެއް ރާއްޖޭގައި ބޭއްވުމަށް އާސެނަލްގެ ސަޕޯޓަރުން ނިންމައިފިކުޅިވަރު | 16 ދުވަސް ކުރިން22 އަހަރުވީ ނެޓްފްލިކްސް ސީރީޒް ނިންމާލައި އާސެނަލް އިނގިރޭސި ލީގުކާމިޔާބުކޮށްފިކުޅިވަރު | 18 ދުވަސް ކުރިން